ENGLISH

10 އޭޕްރީލު 2025

Advertisement

ސިނަމާ ހާދިސާ: ފިލްމީ ތަރި އައްލޫ އަރުޖުން ކަފާލާތުގެ ދަށުން ދޫކޮށްލައިފި

14 ޑިސެމްބަރު 2024

|

އެމް އެމް

ސައުތު އިންޑިއާގެ މަޝްހޫރު އެކްޓަރު އައްލޫ އަރްޖުން ހައްޔަރުކޮށްގެން ގެންދަނީ. --

އިންޑިޔާގެ ހައިދަރުއާބާދުގެ ސިނަމާއެއްގައި އިއްޔެ ހިނގި ހާދިސާއަކާ ގުޅިގެން ހައްޔަރުކުރި، މަޝްހޫރު ފިލްމީ ތަރި އައްލޫ އަރުޖުން ކަފާލާތުގެ ދަށުން ދޫކޮށްލައިފިއެވެ.

އަރުޖުން ހައްޔަރު ކުރީ އޭނާގެ ޕުޝްޕާ 2، ހައިދަރުއާބާދުގައި ޕްރިމިއާކުރި ރަސްމިއްޔާތުގައި ފިތިބާރު ވެގެން އަންހެނަކު މަރުވި މައްސަލައާ ގުޅިގެންނެވެ.

އަރްޖުން ވެސް ބައިވެރިވި އެ އިވެންޓު ބޭއްވީ މި މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ ހައިދަރުއާބާދުގެ ސަންދިޔާ ތިއޭޓަރުގަ އެވެ. އެ ފިލްމު ބަލަން ދިޔަ މީހުންނާއި އަރްޖުން ދެކިލަން ސިމަނާ ކައިރިއަށް އެއްވި މީހުންނާ އެކު، އެ ސަރަޙައްދު އޮތީ ފުރި ބާރުވެފަ އެވެ.

އެ ހާދިސާގައި މަރުވީ ކުޑަކުއްޖަކު ގޮވައިގެން އެ ފިލްމު ބަލަން ދިޔަ އަންހެނެކެވެ. އޭނާގެ ދަރިފުޅަށް ވެސް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ. 

އެ ހާދިސާ ހިނގަން މެދުވެރިވީ، އަރުޖުން ކުއްލި ގޮތަކަށް އެ ސިނަމާއަށް ގޮސް، އޭނާގެ ސެކިޔުރިޓީ ޓީމުން މީހުންތައް ދުރަށް ޖައްސަން އުޅުމުން ކަމަށް ފުލުހުން ތުހުމަތުކުރެއެވެ. 

އެ މައްސަލައާ ގުޅިގެން 14 ދުވަހަށް އަރުޖުން ބަންދުކުރަން ކޯޓުން އަމުރުކުރި އެވެ. ނަމަވެސް ކަފާލާތުގެ ދަށުން ރޭ އޭނާ ވަނީ ދޫކޮށްލައިފައެވެ.

އެ ހާދިސާއާ ގުޅިގެން، އިތުރު ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އަރުޖުން ހައްޔަރުކުރުމުން އެ އަންހެން މީހާގެ ފިރިމީހާ ވެސް ވަނީ ފުލުހުންގެ ނިންމުން ކުށްވެރިކޮށްފަ އެވެ. އޭނާ ވެސް ބުނީ އަންހެން މީހާ މަރުވުމުގައި އަރުޖުންގެ އެއްވެސް ކުށެއް ނެތް ކަމަށާއި އިހުމާލުވެފައި ވަނީ ސިނަމާ ހިންގާ ފަރާތުން ކަމަށެވެ. އަދި، އަންހެން މީހާގެ އާއިލާގެ ފަރާތުން ފުލުހުންނަށް ހުށަހެޅި މައްސަލާގައި ވެސް އަރު ޖުންއާ ދެކޮޅަށް އެއްވެސް ވާހަކައެއް ދައްކާފައި ނުވާނެ ކަމަށް އޭނާ ބުންޏެވެ.

މަރުވި މީހާގެ އާއިލާގެ ކިބައިން އަރްޖުން ވަނީ މީގެ ކުރިން މާފަށް ވެސް އެދިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު