ENGLISH

20 އޭޕްރީލު 2025

Advertisement

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި އެމްއާރުއައިގެ ޚިދުމަތް ފަށައިފި

13 ޑިސެމްބަރު 2024

|

ޢަލީ ޝާހީން

އުނގޫފާރު ރިޖަނަލް ހޮސްޕިޓަލްގައި އެމްއާރުއައިގެ ހިދުމަތް ފެށުން - ފޮޓޯ؛ އުނގޫފާރު ރީގަނަލް ހޮސްޕިޓަލް

ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި އެމްއާރުއައިގެ ޚިދުމަތްދޭން ފަށައިފިއެވެ. 

މި ޚިދުމަތް އެ ހޮސްޕިޓަލްގައި ރަސްމީކޮށް އިފްތިތާހް ކޮށްދެއްވީ އެ ރަށުގައި ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމެވެ. 

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި އެމްއާރުއައިގެ ޚިދުމަތް ފެށުމަށް ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ ނާޒިމް ވިދާޅުވި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާއި އެއްގޮތަށް އެ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ގެނައުމަށް އެމަނިކުފާނު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ. 

"އުނގޫފާރު ރިޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކޮށްދެއްވާނެކަމުގެ ޔަގީންކަން އޮތް ވާހަކަ ދެ ސަބަބަކަށްޓަކައި އަޅުގަނޑު މިހެން މި ދެންނެވީ. އެންމެ ފުރަތަމަ ސަބަބަކީ ރައީސްގެ ވައުދުފުޅުތައް ފުއްދެވުމަށް އެމަނިކުފާނަކީ 24 ގަޑިއިރު މަސައްކަތްކުރައްވާ ވެރިއެއް. އެމަނިކުފާނާއެކު މި ރަސްމީ ސިފައެއްގައި މަސައްކަތް ކުރެވުނު 13 ވަރަކަށް މަސްދުވަސްތެރޭގައި، އެމަނިކުފާނުގެ ޒައާމަތުގައި އަޅުގަނޑަށް ފެނުނީ އެކަން. އެ ކަށަވަރުކަން އަޅުގަނޑަށް އޮތީތީވެ އެ ވާހަކަ އަޅުގަނޑު މި ދެންނެވީ. އަދި ދެ ވަނަ ސަބަބަކީ އުނގޫފާރު ރައްޔިތުން ތިބީ އުނގޫފާރު ހޮސްޕިޓަލް ޓާރޝަރީ ފެންވަރަށް ބަދަލު ކުރަން ބޭނުންވެފައިކަން އަޅުގަނޑުމެނަށް ޔަގީންވާތީ" -   މިނިސްޓަރު ނާޒިމް.

އޭގެ އިތުރުން ނާޒިމް ވިދާޅުވީ، ހޮސްޕިޓަލްގެ ޚިދުމަތްތައް ކުރިއަރާ ދިޔުމުގައި ހޮސްޕިޓަލްގެ ޓީމާއި ރަށުގެ މުއައްސަސާތަކާއި ރަށުގެ ރައްޔިތުން އެކަމަށްދޭ އެއްބާރުލުން އުފާވެރިކަމާއެކު ފާހަގަ ކުރައްވާކަމަށެވެ. އަދި މި ނޫން ވެސް ގިނަ އެކި ޚިދުމަތްތައް ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ހޮސްޕިޓަލްގައި ތަޢާރަފް ކުރެވިގެން ދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

ރައީސުލް ޖުމްހޫރިއްޔާ ވައުދުވެވަޑައިގެންނެވި ގޮތަށް އުނފާރު ހޮސްޕިޓަލް ޓާރޝަރީ ފެންވަރަށް ބަދަލުކުރެއްވުމަށް ހެލްތު މިނިސްޓްރީން ކުރަން ޖެހޭ މަސައްކަތްތަކަކީ ކޮބައިތޯ ބައްލަވައި އެކަން ބާރު ސުޕީޑުގައި ކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު