ENGLISH

20 އޭޕްރީލު 2025

Advertisement

ޑރ. އިރުތިޝާމްގެ އިނގިރޭސި ސަފީރުކަމުގެ ފަތްކޮޅު ރަސްގެފާން ޗާރލްސްއަށް އަރުވައިފި

13 ޑިސެމްބަރު 2024

|

އެމް އެމް

ޑރ. އިރުތިޝާމްގެ އިނގިރޭސި ސަފީރުކަމުގެ ފަތްކޮޅު ރަސްގެފާން ޗާރލްސްއަށް އަރުވަނީ. --ފޮޓޯ:ޕީއެސްއެމް

ދިވެހި ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. އިރުތިޝާމް އާދަމްގެ ސަފީރުކަމުގެ ފަތްކޮޅު އިނގިރޭސި ރަސްގެފާނު ޗާލްސް 3 ވަނައަށް އަރުވައިފިއެވެ.

ޝާހީ ގަނޑުވަރު ބަކިންގހަމް ޕެލަސްގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އިނގިރޭސި ސަފީރުގެ މަޤާމާ ޑރ. އިރުތިޝާމް އާދަމް ހަވާލުވެވަޑައިގެންނެވުމުން އެކަމަނާއަށް ކިންގް ޗާލްސް ވަނީ މަރުހަބާ ވިދާޅުވެފައެވެ. އަދި ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ޒަމާނުއްސުރެ އޮތް އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ބޭނުންފުޅުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސަފީރު ޑރ. އިރުތިޝާމް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން އިނގިރޭސިި ރަސްގެފާން ޗާލްސް އަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. އަދި ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތް ގުޅިގެން، ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ގާތުން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ރަސްގެފާނަށް އެކަމަނާ އެރުވިއެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށް ފަހު އިނގިރޭސިވިލާތުގައި އޮންނަ ޑިޕްލޮމެޓިކް އާދަކާދައިގެ މަތިން ޚާއްސަ ހަފްލާއެއް ވަނީ ބާއްވައިފައެވެ. މި ހަފްލާގައި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް އާއި ސާކް އަދި ކޮމަންވެލްތު ޤައުމުތަކުގެ ސަފީރުންނާއި އިނގިރޭސިވިލާތުގެ ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމަންޓް އޮފީހުގެ ސައުތު އޭޝިއާ ޑިޕާޓްމަންޓުގެ އޮފިޝަލުންނާއި، ކޮމަންވެލްތު ސެކްރެޓޭރިއޭޓްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ އިތުރުން މޯލްޑިވްސް-ޔޫކޭ ޕާލިމަންޓަރީ ގްރޫޕްގެ ކޯ-ޗެއާ އާއި އިނގިރޭސިވިލާތު ސަރުކާރުގެ އެހެނިހެން އިދާރާތަކުގެ އިސްވެރިންނާއި ބައިނަލްއަޤްވާމީ ޖަމާޢަތްތަކުގެ އިސްވެރިން މިހަފްލާގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ސަފީރު ޑރ. އރުތިޝާމްގެ އަރިހުގައި ޑެޕިއުޓީ ހައި ކޮމިޝަނަރ މުހައްމަދު އަހުމަދު އާއި ޑިފެންސް އެޓާޝޭ ކާނަލް ހުސައިން ފައިރޫޒް، ފަސްޓް ސެކްރެޓަރީ މަރިޔަމް އާސިފް އަދި ތާރޑް ސެކްރެޓަރީ އާމިނަތު ސަމްރާ ބައިވެރިވެވަޑައިގެންނެވި އެވެ.

އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމުގެ ފަތްކޮޅު ޑރ. އިރުތިޝާމަށް ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ މި އަހަރުގެ މެއި މަހުގެ 7 ވަނަ ދުވަހުއެވެ.  

ކިޔުންތެރިންގެ ހިޔާލު