ENGLISH

21 މާރިޗު 2026

Advertisement

މިދިޔަ ސަރުކާރުތަކަށް ވުރެ މި ސަރުކާރުގެ ދެ އަހަރު ނަތީޖާ ނެރެދީފި: މަހުލޫފް

21 މާރިޗު 2026

|

އައިމިނަތު ޝަފާ

ސަފީރު އަހުމަދު މަހުލޫފް. ފޮޓޯ؛ ސޯޝަލް މީޑިއާ

ދެ ހާސް އަށަކުން ފެށިގެން މިއަދާ ހަމައަށް ގާއިމުވީ ސަރުކާރުތަކުގެ ފުތަރަމަ ދެ އަހަރާއި މި ސަރުކާރަށް މިވީ ދެ އަހަރާ އަޅާ ބަލާއިރު މި ސަރުކާރުން މިހާރު ވެސް ނަތީޖާ ނެރެދީފައިވާކަމަށާއި ވުމާއެކު ވައުދު ނުފުއްދައޭ ބުނެ އެމްޑީޕީން ވާހަކަ ދައްކަން އަދި މާ އަވަސް ކަމަށް ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މެދު ހެންވޭރު ދާއިރާގައި ކުރިއަށްގެންދިޔަ ދޮރުން ދޮރަށް ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އަރިހުގައި އެ ސަރަހައްދުގައި ހުންނަވަައި އެމްއެމްޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި މަހުލޫފު ވިދާޅުވީ މި ދަނޑިވަޅަކީ ގައުމަށް ގޮންޖެހުން ބޮޑު ދަނޑިވަޅެއްކަމަށާއި އެ ހަގީގަތް އެންމެންވެސް ގަބޫލުކުރަންޖެހޭނެ ކަމަށެވެ. 

އިގްތިސާދީ ހާލަތުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވަމުން މަހުލޫފު ވިދާޅުވީ ކޮންމެ ސަރުކާރަކުން ނެގި ލޯނުތަކެއް ނަމަވެސް އެ ލޯނުތައް ދެއްކުމުގެ ބުރައާ މިއަދު ހަވާލުވެފައިވަނީ އަދުގެ ސަރުކާރާކަމަށާއި މި ސަބަބާހުރެވެސް މަޝްރޫއުތައް ހިންގުމުގައި ގޮންޖެހުންތަކެއް ހުންނާނެކަން ގަބޫލުކުރަންޖެހޭނެ ކަމަށެވެ. 

މިހުރިހާ ކަމަށް ބަލާއިރު ވޭތުވެ ދިޔަ ސަރުކާރުތަކުގެ ދެ އަހަރު ހިންގި މަސައްކަތްތަކާއި މި ސަރުކާރުން އެ މުއްދަތުގައި ކުރި މަސައްކަތްތަކާ އަޅާކިޔާނަމަ މި ސަރުކާރުން މިހާރުވެސް ނަތީޖާ ނެރެދީފައިވާކަށް މަހުލޫފު ފާހަގަކުރެއްވި އވެެ. 

"އަދި ނުނިމެއޭ، އަދި ނުފެށެއޭ، ލަސްވެއްޖެއޭ، ބުނާވަރެއް ނުވާނެ މިދިޔަ ހުރިހާ ސަރުކާރަކަށް ވުރެ. ދެ އަހަރު ޕްރޮޖްކްޓްތައް ނިމުނު މިންވަރު އަޅާކިޔާނަމަ ހަގީގަތުގައި އެ ސުވާލު އުފައްދާނެ ޖާގައެއް ނެތޭ. އާއްމުގޮތެއްގައި ކޮންމެ ސަރުކާރެއްގެ ޕްރޮޖެކްޓްތައް ނިމެން ފަށާފައި ހުންނާނީ ތިން ވަނަ އަހަރުގެ ފަހުކޮޅާއި ހަތަރުވަނަ އަހަރާއި ފަސް ވަނަ އަހަރުގެ ތެރޭގައި. އަޅުގަނޑަށް ވެސް އެނގޭ މަސައްކަތް ކުރިއަށްދާގޮތް. އަޅުގަނޑު ވަޒީރުކަމުގައި ހުރި އިރު ދިމާވީ ކޮވިޑްގެ ބަލިމަޑުކަން. މިހާރު މިއޮތީ އިގްތިސާދި ކަމަކާ ކުރިމަތިވެފައި. މިކަހަލަ ކަންކަން ކުރިމަތިވާނެ. " - ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު މަހުލޫފް

ރައްޔިތުން ބޭނުންވާނީ އަވަހަށް މަޝްރޫއުތައް ނިމި އެ މަސައްކަތްތަކުގެ ފައިދާ ވީހާވެސް އަވަހަށް ވުން ކަމަށާއި ނަމަވެސް އެކި ގޮންޖެހުންތައް ހުންނާނެކަން ގަބޫލުކުރަންޖެހޭނެ ކަމަށް މަހުލޫފު ވިދާޅުވި އެވެ. 

ރައީސް ނަޝީދުގެ ވެރިކަމުގައި ތަރައްގީގެ އެއްވެސް ކަމެއް ނުކުރާކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އެކަމަކު ރައީސް ޔާމީނާއި ރައީސް ސޯލިހާއި އަދި މި ސަރުކާރުގެ ދެ އަހަރު އަޅާކިޔާލާއިރު ޖުމްލަގޮތެއްގައި ރަނގަޅު ހިސާބެއްގައި މި ސަރުކާރުގެ މަސައްކަތްތައް މިހުރީ. 

މިދިޔަ ސަރުކާރުތަކަށް ވުރެ މި ސަރުކާރުގެ ދެ އަހަރު ނަތީޖާ ނެރެދީފައިވާކަމަށް މަހުލުފު ވިދާޅުވީއިރު ކުރިއަށް އޮތް އިންތިހާބާ ދިމާކޮށް އިދިކޮޅު އެމްޑީޕީން އަންނަނީ ސަރުކާރާ ބެހޭ ގޮތުން ދޮގު ވާހަކަތައް ފަތުރަމުން ނެވެ. މިފަދަ ވާހަކަތަކުގެ ހަގީގަތް ސަރުކާރުން އަންނަނީ ރައްޔިތުންނަށް އޮޅުންފިލުވައިދެމުން ނެވެ. 

ކިޔުންތެރިންގެ ހިޔާލު