ENGLISH

20 މާރިޗު 2026

Advertisement

ވޯޓާސް ލިސްޓުގައި ސޮއިކުރުމުގެ އެންމެ ފަހު ތާރީހަކީ މާދަމާ!

20 މާރިޗު 2026

|

އައިމިނަތު ޝަފާ

ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއިކުރުމުގެ ތެރެއިން. ފޮޓޯ؛ އީސީ

ސިޔާސީ ޕާޓީތަކުންނާއި ކެންޑިޑޭޓުންގެ ފަރާތުން ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ސޮއިކުރުމުގެ އެންމެ ފަހުގެ ތާރީހަކީ މާދަމާ ކަމަށް އިލެކްޝަން ކޮމިޝަނުން ހާމަކޮށްފި އެވެ. 

ބުދަ ދުވަހުގެ ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ވޯޓާސް ލިސްޓްގައި ސޮއިކުރުން މެދުކަނޑާލުމަށް ފަހު އަލުން ލިސްޓުތަކުގައި ސޮއިކުރުމުގެ މަސައްކަތް ފެށީ އިއްޔެ އެވެ. ހާދިސާ އާއި ގުޅިގެން ލިސްޓުގައި ސޮއި ކުރުމަށް އިތުރު ފުރުޞަތެއް ދިނުމުގެ ގޮތުން މާދަމާ ހެނދުނު 10:00 އިން މެންދުރުފަހު 01:00 ގެ ނިޔަލަށް ސޯޝަލް ސެންޓަރުގައި ސޮއިކުރުން ކުރިއަށްގެންދިއުމަށް ކޮމިޝަނުން ވަނި ހަމަޖައްސާ ފައެވެ.

އިލެކްޝަންސް ކޮމިޝަނުން ރޭ ބުނީ އިންތިޚާބާ ބޭހޭ މަރުކަޒާ ޖެހިގެން ހުރި ގުދަނުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވީނަމަވެސް، އިންތިޚާބާގުޅޭ އެއްވެސް ލިޔެކިއުމަކަށް ގެއްލުމެއް ނުލިބޭ ކަމަށެވެ.

މީގެ އިތުރުން އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު