ENGLISH

19 މާރިޗު 2026

Advertisement

އިދިކޮޅު ފިކުރުގެ ރައްޔިތުންވެސް ދެ އިންތިހާބުގެ ރެފަރެންޑަމްއަށް ތާއީދުކުރޭ: ރާފިއު

19 މާރިޗު 2026

|

އައިމިނަތު ޝަފާ

ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު، އަބްދުﷲ ރާފިއު ގަލޮޅު ދެކުނު ޖަގަހަ ހުޅުވުމުގެ ޖަލްސާގައި ވާހަކަދައްކަވަނީ. ފޮޓޯ؛ ޕީއެންސީ

އެމްޑީޕީން ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް އިދިކޮޅު ފިކުރުގެ ރައްޔިތުންވެސް ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުގެ މައްސަލައިގައި ކޮންގްރެސް ޕާޓީއާ ހިޔާލު އެއްގޮތް ކަމަށް    ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ. 

އެމްއެމްޓީވީގެ ދިވެހީންގެ ރާއްޖެ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ވަޒީރު ވިދާޅުވީ މައި ދެ އިންތިހާބަކީ ދައުލަތުގެ ފައިސާ ވަރަށް ބޮޑަށް ހަރަދުވެގެންދާ ދެ އިންތިހާބަށްވާތީ ހަރަދު ކުޑަކޮށް ދައުލަތުގެ ބަޖެތަށް ލުއިކުރަން ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަންޖެހޭ ކަމަށެވެ. 

އަދި މި ދެ އިންތިހާބު މިހާރު އޮންނަގޮތުން ދެ އިންތިހާބު ދޭތެރޭ ހަ މަސްދުވަހުގެ މުއްދަތެއް އޮންނާތީ އެ ހަ މަސް ވެފައިވަނީ އޭރަކު އޮންނަ  ސަރުކާރަކަށް ރައްޔިތަކަށް ކަމެއް ނުކޮށްދެވި ސަރުކާރު މަރުތަޅު އެޅުވިފައި އޮންނަ މުއްދަތަކަށްކަމަށް ވަޒީރު ވިދާޅުވި އެވެ.

"މި ރަށްތަކުންވެސް ވަރަށް ބޮޑު ކޮންސާނެއް އެބަ ރެއިސްކުރޭ ކޮންމެ އިންތިހާބަކީ ކުދި ކުދި އާބާދީ ތަކުގައި ބާއްވާ އިންތިހާބުތަކަށްވާއިރު އާއިލީ އިންތިހާބުތަކާ ގުޅިގެން ވެސް ވަރަށް ބޮޑު ހިތް ނުތަނަވަސްކަން އުފެދޭ ރައްޔިތުންގެ މެދުގައި. މިކަންވެސް ހައްލުވާނެ ކަމަށް ރައްޔިތުން އެބަ ބުނޭ. ސިޔާސީ ހަމަޖެހުން ތިމަންނާމެން ބޭނުމޭ އެހެންވީމަ ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ތާއީދުކުރަމޭ ރައްޔިތުން ބުނަނީ. " - ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު

ސިޔާސީ ހިޔާލު ތަފާތު ބޭފުޅުން ވެސް މިކަމުގައި ކޮންގްރެސް ޕާޓީއަށް ތާއީދުކުރައްވާކަމަށް ވަޒީރު ވިދާޅުވި އވެެ. 

"ދެން އެންމެ ބޮޑަށް ފާހަގަކުރެވުނީ ސިޔާސީ ހިޔާލު ތަފާތުވިޔަސް މި ވޯޓުގައި ރައްޔިތުން އަންނަނީ މިކަމަށް ތާއީދުކުރަމުން. ފައިދާތައް އެނގުނީމަ އެބަ ގަބޫލުކުރެވޭ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ސަރުކާރަށް ހިދުމަތް ދިނުމަށް ފަސޭހަވާކަން. " - ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު

ވަޒީރު ވިދާޅުވީ މުޅި ރާއްޖެއިން ފެނިގެންދަނީ ވަރަށް ޖޯޝާއި ފޯރިޔާއެކު ކުރިއަށް އޮތް އިންތިހާބު ކޮންގްރެސް ޕާޓީއަށް ކާމިޔާބުކޮށްދިނުމަށް ރައްޔިތުން މަސައްކަތްކުރަމުންދާ މަންޒަރު ކަމަށެވެ.  

ކިޔުންތެރިންގެ ހިޔާލު