ENGLISH
18 މާރިޗު 2026
ކައުންސިލަށް ކުރިމަތިލީ ރައްޔިތުންނަށް ކޮށްދެންޖެހޭ ކަންކަން އެނގިތިބެގެން: މުޝްރިފް
18 މާރިޗު 2026
|
ކޮންގްރެސް ޕާޓީގެ އައްޑޫ ސިޓީ މޭޔަރު ކެންޑިޑޭޓް މުޝްރިފް އަލީ. ފޮޓޯ؛ ޕީއެންސީ
އެންމެ މަޤްބޫލު
އައްޑޫގެ މޭޔަރުކަމަށް ކުރިމަތިލީ އައްޑޫގެ ރައްޔިތުންނަށް ކޮށްދެންޖެހޭ ކަންކަން އެނގިތިބެގެން ވިޝަންއަކާއެކުގައި ކަމަށް ކޮންގްރެސް ޕާޓީގެ އައްޑޫ ސިޓީ މޭޔަރު ކެންޑިޑޭޓް މުޝްރިފް އަލީ ވިދާޅުވެއްޖެ އެވެ.
އެމްއެމްޓީވީގެ ދިވެހީންގެ ރާއްޖެ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި މުޝްރިފް ވިދާޅުވީ ފާއިތުވީ 15 އަހަރަށް ބެލި ނަމަވެސް ހަގީގީ ކުރިއެރުމެއް އައްޑޫއަށް ލިބިފައި ނުވާކަމަށެވެ. ހާއްސަ ގޮތެއްގައި އިގްތިސާދީ ގޮތުން އައްޑޫ އަށް ލިބެންޖެހޭ ތަރައްގީ ވަނީ ނުލިބިކަމަށާއި ފުރުސަތުތައް ފަހިވެފައި އޮތް ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުންކުރާނެ ބަޔަކު އައްޑޫ ކައުންސިލަށް ނާންނަކަމަށް މުޝްރިފް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ގްރޭޓަރ އައްޑޫ ވިޝަންގައި މިކަންކަން ހިމެނިފައިވާނެ. ދިރާސާކޮށްފައި މިކަންކަން އެކުލަވާލާފައިވާނީ. ރައްޔިތުންގެ މަޝްވަރާއާ ވެސް އެކުގައި. އައްޑޫ ވިޝަންގައި އަޅުގަނޑުމެން ހާސިލުކުރަން ބޭނުންވާ ކަންކަން އޮންނާނީ ލިޔެފައި. " - ކޮންގްރެސް ޕާޓީގެ އައްޑޫ ސިޓީ މޭޔަރު ކެންޑިޑޭޓް މުޝްރިފް އަލީ
އައްޑޫ ސިޓީއަށް ސަރުކާރުގެ ތަރައްގީގެ އަމާޒުތަކެއް އެބަހުރިކަމަން ފާހަގަކުރައްވައި އައްޑޫގެ ތަރައްގީއަށް ވެސް ހުރަސް އެޅެނީ ކައުންސިލުގެ ފަރާތުން ސަރުކާރަށް ދޭންޖެހޭ އެއްބާރުލުން ނުލިބުނީމަކަން މުޝްރިފް ފާހަގަކުރެއްވި އެވެެ.
ދަ ގްރޭޓަރ އައްޑޫ ވިޝަންގެ ތަފްސީލުތައް ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވެސް މުޝްރިފް ވަނީ ދަ ގްރޭޓާ އައްޑޫ ތަސައްވުރަކީ ހަމައެކަނި ޗާޓެއްގައި ކުރަހާ ކުރެހުމެއް ނޫންކަމަށް ވިދާޅުވެފަ އެވެ.
މުޝްރިފް ވިދާޅުވީ މުސްތަގުބަލުގައި ދިވެހިރާއްޖޭގެ ކުރިއެރުމުގައި އައްޑޫއަށް ވަރަށް ހާއްސަ ދައުރެއް އަދާކުރެވިދާނެ ކަމަށެވެ. އަދި ވަރުގަދަ އައްޑޫއަކާ އެކު މުޅި ރާއްޖޭގެ ދެކުނަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމަށް މުޝްރިފް ވިދާޅުވި އެވެ.