ENGLISH

18 މާރިޗު 2026

Advertisement

ކައުންސިލަކަށް ހޮވުމަކީ ނާޖާއިޒުގޮތެއްގައި ކަންކަން ކުރަން ލިބޭ ފުރުސަތެއް ނޫން: މެމްބަރު އިމްރާން

18 މާރިޗު 2026

|

އައިމިނަތު ޝަފާ

ހެންވޭރު ދެކުނު ދާއިރާ މެމްބަރު ހުސައިން އިމްރާން ލަތީފް. ފޮޓޯ؛ މަޖިލިސް

ކައުންސިލަކަށް ހޮވުމަކީ ނާޖާއިޒުގޮތެއްގައި ސަރުކާރާ ދެކޮޅަށް ކަންކަން ކުރަން ލިބޭ ފުރުސަތެއް ނޫންކަމަށް ހެންވޭރު ދެކުނު ދާއިރާ މެމްބަރު ހުސައިން އިމްރާން ލަތީފް ވިދާޅުވެއްޖެ އެވެ. 

ކޮންގްރެސް ޕާޓީން ކުރިއަށްގެންދިޔަ މައްޗަންގޯޅި މެދު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އަރިހުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި މެމްބަރު ވިދާޅުވީ ސިޔާސީ ކޯޅުންތަކާ ހެދި ބައެއް ކައުންސިލުތަކަށް އެބޭފުޅުންގެ މަގުސަދު ހަނދާން ނެތޭކަމަށެވެ. 

ކައުންސިލުތަކަކީ ދައުލަތުގެ މުނިސިޕަލް ކަންތައްތަކާއި ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ސަރުކާރަށް ބޭނުންވާ އެހީތެރިކަމާއި އެއްބަރުލުން ދޭން އޮތް ފަށަލައެއްކަން ފާހަގަކުރައްވަމުން މެމްބަރު ވިދާޅުވީ ކައުންސިލުތަކަކީ ސަރުކާރު ޖަވާބުދާރީކުރުވުމަށް ތިބި ބައެއް ނޫންކަމަށެވެ. 

"ސިޔާސީ ގޮތުން އިދިކޮޅު ފަރާތްތަކަކަށް ބާރެއް ލިބުނީމަ މިކަންކަން މި ފެންނަނީ. ކައުންސިލަކަށް ހޮވުމަކީ ނާޖާއިޒުގޮތެއްގައި ސަރުކާރާ ދެކޮޅަށް ކަންކަން ކުރަން ލިބޭ ފުރުސަތެއް ނޫން. އެމީހުންގެ މެންޑޭޓުން ބޭރުކަމެއް ދައުލަތާ ޗެލެންޖުކުރުމަކީ. އެއީ އެބޭފުޅުންގެ ޒިންމާއެއް ނޫން. " - ހެންވޭރު ދެކުނު ދާއިރާ މެމްބަރު ހުސައިން އިމްރާން ލަތީފް 

ސަރުކާރާއި ރައްޔިތުންނަށް ފަސޭހަކުރުމުގެ މަގު ފަހިކުރުމަށް ކޮންގްރެސް ޕާޓީގެ ކެންޑިޑޭޭޓުން ކައުންސިލުތަކަށް ހޮވައިދިނުމަށް މެމްބަރުވަނީ އިލްތިމާސްކުރައްވާފަ އެވެެ.  

ކިޔުންތެރިންގެ ހިޔާލު