ENGLISH
18 މާރިޗު 2026
ރައްޔިތުން އެދޭ ގޮތަށް ޖޭއެސްސީ އިސްލާހުކުރާނީ މި ސަރުކާރުން: މެމްބަރު ރިފާއު
18 މާރިޗު 2026
|
މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ). ފޮޓޯ؛ޕީއެންސީ
އެންމެ މަޤްބޫލު
ރައްޔިތުން އެދޭ ގޮަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް އިސްލާހުކުރާނީ މި ސަރުކާރުން ކަމަށް މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ވިދާޅުވެއްޖެ އެވެ.
ކޮންގްރެސް ޕާޓީން ކުރިއަށްގެންދިޔަ މާފަންނު ހުޅަނގު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އަރިހުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި މެމްބަރު ވިދާޅުވީ ރައީސުލުޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވީ ދުވަހުން ފެށިގެން ރާއްޖޭގެ ވެރިކަންތަކުން ޖުޑިޝަރީއަށް ނުފޫޒު ފޯރުވަމުން އައި އައުން ނިމުމަކަށް އައީކަން އެމަނިކުފާނު އިއުލާނުކުރައްވާފައި ވާކަމަށެވެ.
ޝަރުއީ ދާއިރާއަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަކޮށް، އެ ދާއިރާގެ ތަރައްގީއަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް މި ސަރުކާރުން ހާއްސަ އިސްކަމެއްދީގެން މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރައްވައި މެމްބަރު ވިދާޅުވީ ހަގީގީ މާނައިގައި ރައްޔިތުން ބޭނުންވާގޮތަށް ޖޭއެސްސީ އިސްލާހުކުރާނީ މި ސަރުކާރުން ކަމަށެވެ.
"މި ސަރުކާރު ވެގެންދާނީ ޖޭއެސްސީ މިނިވަންކޮށްދީ ޖޭއެސްސީ އެކުލެވިގެންވާގޮތް ބަދަލުކޮށް ރައްޔިތުންގެ އިތުބާރު ޖުޑިޝަރީއަށް ހޯދައިދޭނެ ސަރުކާރަކަށް. މެމްބަރުން އިތުރުވަމުންދާ މައްސަލަވެސް ފާހަގަކުރެވޭ. ދެން ނެތް މަޖިލިސް ޗެމްބަރަކުވެސް އިތުރު މެމްބަރަކަށް ޖާގަދޭހާ ތަނެއް. މެމްބަރުންގެ އަދަދު ވެސް އެބަޖެހޭ ބަދަލުކުރަން. " - މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު
ކޮންގްރެސް ޕާޓީގެ މެމްބަރުން އަބަދުވެސް މަސައްކަތް ކުރާނީ ހަމަޖެހުމާއި، ރައްކާތެރިކަމާއި، ތަރައްގީ ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށްކަމަށް މެމްބަރު ވިދާޅުވި އެވެ.
މިހާރު ރާއްޖޭގައި އަމަލުކުރަމުންދާ ގާނޫނު އަސާސީގައި މައްސަލަތައް އެބަހުރިކަން އެންމެންވެސް ގަބޫލުކުރާ ކަމަށާއި އެކަންކަން އިސްލާހުކުރަން މުހިންމު އިސްލާހުތަކެއް ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަން ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވަނީ ހާމަކުރައްވާފަ އެވެ.
އުޝާމް ވިދާޅުވީ ޤާނޫނުއަސާސީއަށް އިސްލާޙު ގެނައުމަށް ނިންމާފައިވަނީ ރިޔާސީ އިންތިޚާބާއި، މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުމަށާއި ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލު ކުރުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވަމުންދާ މައްސަލައަށް ޙައްލެއް ގެނައުމަށް ކަމަށެވެ.
އުޝާމް އިތުރަށް ވިދާޅުވީ ޤާނޫނު އަސާސީއަށް ދެން ގެންނަން ބޭނުންވާ އިޞްލާޙުތައްވެސް މާ ލަސްތަކެއް ނުވެ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށާއި އެމަސައްކަތުގެ ތެރެއިން މިހާރު ހިނގަމުންދަނީ، އެކަމުގެ އެންމެ ފަހުގެ މަޝްވަރާތައް ކަމަށެވެ.