ENGLISH

10 އޭޕްރީލު 2025

Advertisement

"ފަހު މިނެޓާ ހަމައަށް" މަޤާމު ދިފާއު ކުރައްވަން ޔޫން ތައްޔާރު

12 ޑިސެމްބަރު 2024

|

އެމް އެމް

ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔެއޯލް. --

އެންމެ ފަހު މިނެޓާ ހަމައަށް ވެސް އަމިއްލަ ދިފާޢުގައި މަސައްކަތް ކުރައްވާނެ ކަމަށް ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔެއޯލް ވިދާޅުވެއްޖެއެވެ. 

މިދިޔަ ހަފްތާގައި ދެކުނު ކޮރެއާގައި ކުއްލި ޙާލަތު ޔޫން އިޢުލާނު ކުރެއްވި މައްސަލާގައި، އެ މަނިކުފާނާ ދެކޮޅަށް ގިނަ ތަހުޤީޤުތައް ކުރެވެމުންދާ އިރު، ޤައުމުން ބޭރަށް ވަޑައިނުގެންނެވޭ ގޮތަށް އެ މަނިކުފާނުގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓައިފައެވެ. 

ޔޫން މަޤާމުން ދުރުކުރަން އިދިކޮޅު ފަރާތްތަކުން އަނެއްކާވެސް އިތުބާރުނެތް ކަމުގެ މައްސަލައެއް ހުށަހަޅާފައިވަނިކޮށް، ޚިތާބެއް މެދުވެރިކުރައްވައި ޔޫން ވަނީ، ފަހު ވަގުތާ ޖެހެންދެން ވެސް ރައްޔިތުންނާ އެކު މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. 

"ކުއްލި ޙާލަތުގެ ސަބަބުން ހައިރާންކަން ލިބި، ހާސްކަމާ ކުރިމަތިލާންޖެހުނު ރައްޔިތުންގެ ކިބައިން އަޅުގަނޑު އަނެއްކާވެސް މަޢާފަށް އެދެން،" ޓީވީ މެދުވެރިކޮށް ދެއްވި ޚިތާބުގައި ޔޫން ވިދާޅުވިއެވެ.

ޔޫން އާ ދެކޮޅަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ ދެވަނަ މައްސަލަ، އަންނަ ހޮނިހިރު ދުވަހަށް ވަނީ ތާވަލުކޮށްފައެވެ. 

ޔޫން މަޤާމުން ދުރުކުރަން އިދިކޮޅު ޕާޓީތަކުން ހުށަހެޅި އިތުބާރު ނެތް ކަމުގެ ފުރަތަމަ މައްސަލަ ފެއިލްވީ، ވެރިކަން ކުރާ ޕީޕަލް ޕަވަރ ޕާޓީ (ޕީޕީޕީ)ގެ މެންބަރުން އެ މައްސަލާގައި މިދިޔަ ހޮނިހިރު ދުވަހު ނެގި ވޯޓު ބޮއިކޮޓްކޮށް، މަޖިލީހުގެ ތަޅުމުން ނުކުތުމުންނެވެ.

ޕީޕީޕީން ބުނީ، އިތުބާރު ނެތް ކަމުގެ މައްސަލައަށް ތާއީދުނުކުރީ، ޔޫން އިސްތިޢުފާ ދެއްވަން އެއްބަސްވެވަޑައިގެންފައިވާތީ ކަމަށެވެ. 

ނަމަވެސް، މިހާތަނަށް ޔޫން އިސްތިޢުފާ ދެއްވާފައިނުވާއިރު، ހޮނިހިރު ދުވަހު އޮންނަ ވޯޓުގައި ބައިވެރިވެ، މެންބަރުންގެ "ޟަމީރާއި ޤަބޫލުކުރުންތަކާ އެއްގޮތަށް،" ވޯޓު ދޭން، ޕީޕީޕީގެ ލީޑަރު ހާން ޑޮންގް ހޫން ވަނީ އެދިވަޑައިގެންފައެވެ. 

ކުއްލި ޙާލަތު އިޢުލާނު ކުރި އިރު ޑިފެންސް މިނިސްޓަރު ކަމުގައި ހުންނެވި ކިމް ޔޮންގް ހޫން އާއި، ކުރީގެ އިންޓީރިއާ މިނިސްޓަރު ލީ ސަންގް މިން އަދި ކުއްލި ޙާލަތުގައި ހިންގި އަސްކަރީ އޮޕަރޭޝަންގައި އިސްކޮށް ހުންނެވި ޕާކް އަން ސޫގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފައެވެ. 

ހައްޔަރުކޮށް، މި ވަގުތު ޖަލުގައި ހުންނެވި ކިމް ޔޮންގް ހޫން އަމިއްލައަށް މަރުވާން މަސައްކަތް ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

ފުލުހުން ވަނީ ޔޫންގެ ރަސްމީ އޮފީހަށް ވަދެ، ބަލައި ފާސްކޮށްފައެވެ. 

ކިޔުންތެރިންގެ ހިޔާލު