ENGLISH

11 މާރިޗު 2026

Advertisement

ވޯޓު ދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އިލްކެޝަންސް ކޮމިޝަނުން އާންމުކޮށްފި

11 މާރިޗު 2026

|

ހަނާން އަހުމަދު ނައީމް

ވޯޓުލުން. ފޮޓޯ: އިލެކްޝަންސް ކޮމިޝަން

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމަށް ނެގޭ އާންމު ވޯޓު 2026 ގައި ވޯޓު ދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އިލެކްޝަންސް ކޮމިޝަން ( އީސީ) އިން އާންމުކޮށްފިއެވެ.

އީސީން މައުލޫމާތު ދިން ގޮތުގައި 4 އޭޕްރީލުގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު އަދި  ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި، ވޯޓުލުމުގެ ހައްގު 294,937 މީހުންނަށް ލިބެއެވެ. 

އީސީން އާންމު ކުރި ވޯޓު ދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު، ދިވެހި ސަރުކާރުގެ ގެޒެޓު (www.gazette.gov.mv)ގައި އަދި އީސީގެ ރަސްމީ ޕޯޓަލް (www.elections.gov.mv) އިން ފެންނަން ހުންނާނެއެވެ.

މި ލިސްޓަކީ ޝަކުވާ ހުށަހެޅުމަށް ހުޅުވައިލުމުން ލިބުނު ޝަކުވާތަކުގެ އަލީގައި ލިސްޓަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށްފަހު އާއްމުކޮށްފައިވާ ދާއިމީ ލިސްޓުކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ. 

އެ ކޮމިޝަނުން ބުނީ އިންތިހާބުގެ ކަންކަން އަމާންކަމާއި އިންސާފުވެރިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ވާންޖެހޭ އެންމެހާ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށެވެ. އަދި ވޯޓު ދިނުމުގެ ހައްޤު ލިބިފައިވާ ކޮންމެ ރައްޔިތަކުވެސް ލިސްޓުގައި އެމީހެއްގެ މައުލޫމާތު ހިމަނާފައިވަނީ ރަނގަޅަށްކަން ކަށަވަރުކުރުމަށް އިލެކްޝަން ކޮމިޝަނުން އިލްތިމާސްކޮށްފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު