ENGLISH
11 މާރިޗު 2026
އެމްޑީޕީން އުޅެނީ މަސްލަހަތު ނަގާލަން، މަޖިލިސް މެމްބަރުންނަށް ބަންދެއް ނެތް: މުހައްމަދު އިސްމާއީލް
11 މާރިޗު 2026
|
މެންބަރު މުހައްމަދު އިސްމާއިލް މަޖިލީހުގައި ވާހަކަ ދައްކަވަނީ. ފޮޓޯ؛ މަޖިލިސް
އެންމެ މަޤްބޫލު
އިދިކޮޅު އެމްޑީޕީން އުޅެނީ ގައުމުގެ މަސްލަހަތު ނަގާލަންކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ބަންދެއް ނެތްކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެ އެެވެ.
މެންބަރު މިފަދައިން ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި އެ އަވަށުގެ ގޮނޑިތަކަށް ވާދަކުރައްވާ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދައިދެއްވުމަށް އެ ދާއިރާގެ ދޮރުން ދޮރަށް ހަރަކާތުގައި ބައިވެރިވެވަަޑައިގަތުމަށް ރައީސް އެ އަވަށަށް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނު އަރިހުގައި ބައިވެރިވެވަޑައިގެން އެމްއެމްޓީވީއަށް ދެއްވި ބަސްދީގަތުމެއްގައެވެ.
"ދޫންޏަށް ވޯޓުދީ" މި ޝިއާރުގެ ދަށުން ކޮންގްރެސް ޕާޓީން ކުރިއަށްގެންދާ ކެމްޕެއިން ހަރަކާތްތަކާ ގުޅުވައި ކޮންގްރެސް ޕާޓީގެ މަޖިލިސް މެމްބަރުންނަކީ ވެސް ކޮއްޓެއްގައި ބަންދުވެފައި ތިބި ދޫނިތަކެއް ކަމަށާއި އަމިއްލަ އިހުތިޔާރުގައި ކަމެއް ނުކުރެވޭ ރަބަރު ސްޓޭމްޕް ޖަހާ ބައެއް ކަމަށް ވިދާޅުވެ އެމްޑީޕީގެ އިސްބޭފުޅުން ގެންދަވަނީ ފާޑުވިދާޅުވަމުންނެވެ. މިކަމަށް ރައްދު ދެއްވައި މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ތަމްސީލު ކުރައްވާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީން ވަކިކޮށްފި ނަމަ މެންބަރުކަން ގެއްލޭ ގޮތަށް އޮންނަ ފްލޯ ކްރޮސިން ގާނުނަކީ އޮންނަންޖެހޭ ގާނޫނެއް ކަމަށެވެ.
"އަޅުގަނޑުމެންނަށް ކޮން ބަންދެއްތޯ އޮތީ. ފްލޯ ކްރޮސިން ގާނޫނަކީ އޮންނަން ޖެހޭ ގާނޫނެއް. މި ގާނޫނުގެ ސަބަބުން މެމްބަރުންގެ ނަޒާހާތްތެރިކަން އިތުރުވެގެންދިޔައީ. ރައްޔިތުންގެ ތެރޭގައި މެމްބަރުންނޭ ކިޔާފައި ދެކެވޭ ވާހަކަތައް ބަދަލުވެގެންދިޔައީ. އެކަން ގޯސްކުރުމަށް މިހާރު ވާހަކަ ދައްކަނީ. މަސްލަހަތު ނަގާލައި ބައިބައިކޮށް ފިތުނަ އުފައްދަން ދައްކާ ވާހަކަ ތިއީ. " - ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް
އެމްޑީޕީން ފިތުނަ އުފެދޭފަދަ ވާހަކަ ދެއްކި ނަމަވެސް ދޫންޏަށް ވޯޓު ދިނުމަށާއި، ތިލަފަތަށް ނޫނެކޭ ބުނަން ރައްޔިތުންނަށް އިލްތިމާސްކުރަމުން ގެންދާނެ ކަމަށް މެމްބަރު ވިދާޅުވި އެވެ.
ފްލޯ ކްރޮސިން ގާނޫނު ހިމެނޭހެން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އަށް އިސްލާހު ގެނެސްފައިވާއިރު މި އިސްލާހުތައް ގެނައީ 78 މެމްބަރުންގެ އިއްތިފާގުން ނެވެ. މި އިސްލާހުތައް ފާސްކުރުމަށް އެމްޑީޕީގެ އެއްވެސް މެމްބަރަކު ވޯޓު ނުދެއްވައެވެ.
ގާނޫނު އަސާސީއަށް މައިގަނޑު ހަތަރު އިސްލާހެއް ގެނެވިފައިވާއިރު އެއިން އެންމެ މުހިއްމު އިސްލާހަކީ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ހާލަތްތަކަށް އައު ދެ ހާލަތެއް އިތުރުކުރުމަށް ގެނެވުނު އިސްލާހެވެ. އިތުރުކޮށްފައިވާ އެ ދެ ހާލަތަކީ އިންތިހާބުވާ މެންބަރަކު މަޖިލީހުގެ އުމުރުގެ ތެރޭގައި އެހެން ސިޔާސީ ޕާޓީއަކަށް ބަދަލުވުމާއި ޕާޓީން ވަކިކުރުން ނުވަތަ އަމިއްލަ މެންބަރަކު ސިޔާސީ ޕާޓީއަކަށް ސޮއިކުރުމެވެ.