ENGLISH

26 އޭޕްރީލު 2026

Advertisement

ދުނިޔޭގެ ހޫނުމިން މަތިވުމަށް މެދުވެރިވާ "އެލް ނީނޯ" އަންނަ މަހު ފެށޭނެ ކަމަށް ބެލެވޭ: ޑަބްލިއުއެމްއޯ

26 އޭޕްރީލު 2026

|

ހަނާން އަހުމަދު ނައީމް

ހޫނުގަދަވެގެން ބިންގަނޑު ކަނޑައިގެން ގޮސްފައި. ފޮޓޯ: ސޯޝަލް މީޑިއާ

ދުނިޔޭގެ ފިނިހޫނުމިން އާދަޔާޚިލާފަށް މަތިވުމަށް މެދުވެރިވާ ހާލަތެއް ކަމަށްވާ "އެލް ނީނޯ" އަންމަ މެއި މަހުގެ ތެރޭގައި ކުރިމަތިވާނެ ކަމަށް ލަފާކުރެވޭކަމަށް ދުނިޔޭގެ މޫސުމާ ބެހޭ އިދާރާ، ޑަބްލިއުއެމްއޯ އިން ބުނެފިއެވެ.

އެލް ނީނޯގެ އަކީ މެދުތެރެއާއި އިރުމަތީގެ ޕެސިފިކް ކަނޑުގެ މަތީ ފަށަލަ ހޫނުވުމަށް މެދުވެރިވާ ހާލަތެކެވެ. މި ހާލަތު ގާތްގަނޑަކަށް އަހަރެއްހާ ދުވަހަށް ދިގު ދެމިގެންދެއެވެ. މީގެ ސަބަބުން ދުނިޔޭގެ ފިނިހޫނުމިން ބައެއް ހިސާބުތަކުގައި މަތިވެ އަނެއް ބައި ހިސާބުތަކަށް ވިއްސާރަކުރާ ގޮތް މެދުވެރިވެއެވެ.

ޑަބްލިޔުއެމްއޯއިން ވަނީ، އިކުއިޓޯރިއަލް ޕެސިފިކްގެ ކަނޑުގެ ލޮނުގަނޑުގެ ހޫނުމިން ވަރަށް ހަލުވިކަމާއެކު މަތިވަމުންދާކަން ފާހަގަކޮށްފައެވެ. އެއާއެކު މި އަހަރުގެ މެއި މަހާއި ޖުލައި މަހާ ދެމެދު އެލް ނީނޯގެ ހާލަތު ކުރިމަތިވެދާނެ ކަމަށް ބެލެވޭ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

އެލް ނީނޯގެ ސަބަބުން ސަރަޙައްދީ މޫސުމަށް ބުރޫއަރާ، ⁠ދެކުނު އެމެރިކާ އާއި، އެމެރިކާގެ ދެކުނާއި، ހޯން އޮފް އެފްރިކާގެ ބައެއް ހިސާބުތަކާއި، މެދުތެރޭ އޭޝިއާއަށް ވާރޭވެހުން އިތުރުވުމަށް މެދުވެރިވެއެވެ. އަދި އޮސްޓްރޭލިޔާއާއި އިންޑޮނޭޝިޔާއާއި ދެކުނު އޭޝިޔާގެ ބައެއް ސަރަޙައްދުތަކަށް ވާރޭ ނުވެހި ގިނަ ދުވަސްތަކެއް ވެއެވެ.

އޭގެ ސަބަބުން އިތުރަށް ދުނިޔެ ހޫނުގަދަވާ ގޮތް މެދުވެރިވާ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.  

ކިޔުންތެރިންގެ ހިޔާލު