ENGLISH

11 މާރިޗު 2026

Advertisement

ދެ އިންތިޚާާބު އެއް ދުވަހެއްގައި ބޭއްވުމުން ލިބޭ ފައިދާ ބޮޑު: ޖާބިރު

08 މާރިޗު 2026

|

އަޙުމަދު ޙަމީދު

ޖާބިރު, ރައީސް މުޢިއްޒުއާ ސަލާމް ކުރައްވަނީ

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުގެ ފައިދާ ބޮޑު ކަމަށް ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެންބަރުކަން ކުރެއްވި ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުالله ޖާބިރު ވިދާޅުވެއްޖެ އެވެ.

ޖާބިރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހެންވޭރު އުތުރު ދާއިރާގައި މިއަދު ކުރިއަށްދިޔަ ދޮރުން ދޮރަށް ހަރަކާތުގެ މައުލޫމާތު ގެނެސް ދިނުމަށް އެމްއެމްޓީވީން މިއަދު ކުރިއަށް ގެންދިޔަ ލައިވް ކަވަރޭޖްގަައި ވާހަކަދައްކަވަމުންނެވެ.

ޖާބިރު ވިދާޅުވި ގޮތުގައި މިދިޔަ ދުވަސްތަކުގައި ކުރެވިފައިވާ ތަޖުރިބާއަށް ބަލާއިރު ރިޔާސީ ދައުރު ފެށި ފުރަތަމަ ހަ މަސް ދުވަހު ރައީސުލްޖުމްހޫރިއްޔާ ހުންނަވަނީ ޕެރެލައިޒްވެފައި ނުވަތަ ޕެރެލައިޒް ކޮށްލާފައި ކަމަށެވެ. ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގެން ފުރަތަމަ ހަ މަސް ދުވަސް ހޭދަކުރެއްވީ މަޖިލީހުން އަމަލު ކުރި ގޮތުން ވަރަށް ދަތީގައި ކަމަށް ވިދާޅުވި އެވެ.

އެއީ ރައްޔިތުން އިންތިޚާބު ކުރާ ދައުލަތުގެ އެންމެ އިސްވެރިޔާއަށް ކުރިމަތިވެގެންވާނެ ޙާލަތެއް ނޫން ކަމުގައި ވިދާޅުވި އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވެވަޑަައިގަންނަވާ ވަޢުދުތައް ފުއްދެވުމުގައި ހަ މަސް ދުވަސް ބޭކާރުވެގެން ދިއުމަކީ ޤަބޫލުކުރެއްވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

އެ ނޫންވެސް އެެތައް އުނދަގޫތަކެއް ރިޔާސީ އިންތިޚާބު ބާއްވާތާ އެންމެ ހަ މަސް ފަހުން މަޖިލީސް އިންތިޚާބު ބޭއްވުމުން ކުރިމަތިވާ ކަމުގައި ޖާބިރު ވިދާޅުވި އެވެ. 

މީގެ އިތުރުން ދައުލަތުގެ ބައިތުލްމާލު ނަހަމަ ބޭނުންގޮތުގައި ކުރުން ކުޑަކުރުމަށްވެސް ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުން މުހިންމު ކަމުގައި ވިދާޅުވި އެވެ. އަދި ވިދާޅުވީ މިއީ ދުނިޔޭގެ އެހެން ބައެއް ޤައުމުތަކުގައިވެސް އެކަން އޮންނަ ކަމަށެވެ.

"މި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން ފައިދާތަކެއް އެބަވޭ. އެއީ ފެންނަން އޮތް ހަޤީޤަތެއް," ޖާބިރު ވިދާޅުވި އެވެ.

ރައީސް ވަރަށް ހީވާގި, ރައްޔިތުންނާއި ވަރަށް ގާތް

މިއަދުގެ ލައިވް ކަވަރޭޖްގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ ބޮޑު ތަފާތަކީ އެއީ ވަރަށް ހީވަގި ބޭފުޅަކަށް ވުންް ކަަމަށެވެ. މަސައްކަތްޕުޅުގައި ވަރަށް ހަލުވި ކަމުގައިވެސް ވިދާޅުވި އެވެ.

އަދި ރައްޔިތުންނާއި އަބަދުވެސް ބައްދަލުކުރެއްވުމާއި ގާތްކަން ބޭއްވެވުމަކީ ވަރަށް ގަޔާވާ ސިފައެއް ކަމުގައި ވިދާޅުވި އެވެ.

"އަޅުގަނޑަށް މި ރައީސް އެންމެ ކަމުދާ ސިފައަކީ ރައްޔިތުންނާއި ވަރަށް ގާތުން ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި އުޅުއްވާތީ," ޖާބިރު ވިދާޅުވި އެވެ.

ޖާބިރު ވިދާޅުވީ މުޅި ރާޢްޖޭގައި މަޝްރޫޢުތައް ހިނގަމުންދާ ކަމަށާ ސަރުކާރާމެދު ރައްޔިތުން ހިތްހަަމަޖެހޭ ކަމަށެވެ. މިއަދު ސިޔާސީ މައިދާނުގައި ވަރުގަދަ އިދިކޮޅެއް ނެތުމަކީ ރައީސްގެ މަސައްކަތް ބަރާބަރު ކަމުގެ ހެއްކެއް ކަމުގައިވެސް ވިދާޅުވި އެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ވަރަށް ބޮޑު އަޣުލަބިއްޔަތަކުން ކޮންގްރެސް އިން ކާމިޔާބު ހޯދާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށާ ކޮންގްރެސް ޕާޓީން ނެރެފައިވަނީ އިޚްލާސްތެރި އަދި ރަނގަޅު ކެންޑިޑޭޓުންތަކެއް ކަމުގައި ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު