ENGLISH

10 މާރިޗު 2026

Advertisement

އޭދަފުށީގައި ޤައުމީ ޔުނިވާސިޓީގެ ކެމްޕަހެއް ބިނާކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

08 މާރިޗު 2026

|

އަޙުމަދު ޙަމީދު

އޭދަފުށީގައި ޤައުމީ ޔުނިވާސިޓީގެ ކެމްޕަހެއް ބިނާކުރުމުގެ އަމަލީ މަސައްކަތް ފެށުން --

ބ. އޭދަފުށީގައި ޤައުމީ ޔުނިވާސިޓީގެ ކެމްޕަހެއް ބިނާކުރުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

މިއަދު ވަނީ އޭދަފުށީގައި ޤައުމީ ޔުނިވާސިޓީގެ ކެމްޕަސް ބިނާކުުމަށް ބިންގާ އެޅުމުގެ ރަސްމިއްޔާތު ބާއްވާފަ އެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ.

ޤައުމީ ޔުނިވާސިޓީން ބުނީ މި މަޝްރޫޢުގެ ދަށުން އޭދަފުށީގައި ބިނާކުރެވޭނީ ތަޢުލީމީ, އިދާރޯ އަދި ދަރިވަރުން ތިބުމަށް ބޭނުންވާ އެކޮމޮޑޭޝަން ފެސިލިޓީތައް ހިމެނޭހެން މަލްޓި-ބްލޮކް ކެމްޕަހެއް ކަމަށެވެ.

މި މަޝްރޫޢުއަށް 80.79 މިލިއަން ރުފިޔާ ޚަރަދު ކުރާނެ އެވެ. މަސައްކަތް 720 ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.

އާބާދީގައި 3,500އެއްހާ މީހުން ހިމެނޭ އޭދަފުށީގައި ޤައުމީ ޔުނިވާސިޓީގެ ކެމްޕަހެއް ބިނާކުރުމުން އަމިއްލަ ރަށް ނުވަތަ އަތޮޅުގައި ތިބެގެން މަތީ ތަޢުލީމު ހާސިލުކުރުމަށް މަގުފަހިވެ ތައުލީމު ހާސިލުކުރުމަށް މާލެ ނުވަތަ އެހެން ރަށްރަށަށް ހިޖުރަކުރުމަށް ކުރަން ޖެހޭ ޚަރަދަށް ބޮޑު ލުޔެއް ލިބިގެންދާނެ އެވެ.

މި މަޝްރޫޢުއަކީ އަތޮޅުތެރޭގައި މަތީ ތައުލީމުގެ ފުރުސަތުތައް ފުޅާކޮށް ފެންވަރު ރަނގަޅު ތައުލީމު ފޯރުކޮށްދިނުމަށް ޤައުމީ ޔުނިވާސިޓީން ކުރަމުންދާ މަސައްކަތުގައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޔުނިވާސިޓީން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު