ENGLISH
10 މާރިޗު 2026
އަންހެނުން ބާރުވެރިކުރުމަށް ސަރުކާރުން ކުރާ މަސައްކަތް ފާހަގަކުރަން: ކޮންގްރެސް
08 މާރިޗު 2026
|
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ އަންހެނުންގެ ވިންގުންގެ އިސް ބޭފުޅުންނާއި އެކު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން --
އެންމެ މަޤްބޫލު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ދުވަހުން ފެށިގެން އަންހެނުން ބާރުވެރިކުރުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތައް ކޮށްފައިވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ އަންހެނުންގެ ވިންގުން ބުނެފި އެވެ.
ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ކޮންގްރެސް ޕާޓީގެ އަންހެނުންގެ ވިންގުން ނެރުނު ބަޔާނުގައި ބުނީ ސިޔާސީ ގޮތުންނާއި އިޤްތިސާދީ އަދި އިޖުތިމާޢީ ގޮތުން އަންހެނުން ބާރުވެރިކުރުމަށް ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައި ކަމަށެވެ. އެގޮތުން ވިޔަފާރިއަށް އަންހެނުން ނެރެ އިޤްތިސާދީ ގޮތުން ބާރުވެރިކުރުމަށް ޚާއްސަ ލޯނު ސްކީމުތައް ތައާރަފުކޮށް، ގިނަ އަދަދެއްގެ އަންހެނުން އަލަށް ވިޔަފާރިއަށް ނެރެފައިވާ ކަމަށް ބުނެފައިވެ އެވެ.
މީގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސްގެ މަޤާމަކީ ހުރިހާ ރައްޔިތުންގެ ވޯޓުން އިންތިޚާބު ކުރެވޭ މަޤާމެއްގެ ގޮތުގައި ހަމަޖައްސައި، އެ ކޮމިޓީތަކުގެ މެންބަރުންނަށް ރޯދަ އިނާޔަތް ލިބޭނެ އިންތިޒާމު ހަމަޖެހި، ކައުންސިލުގެ ބަޖެޓުން ޑަބްލިއުޑީސީތަކަށް ދޭ ފައިސާގެ ނިސްބަތް އިތުރުކުރެވިފައިވާކަން ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.
އަދި ސަރުކާރުގެ ވުޒާރާތަކާއި ދައުލަތުގެ ކުންފުނިތަކުގެ އެންމެ މަތީ ފަންތީގައި އަންހެނުން ހަރަކާތްތެރިވާ މިންވަރު ވެސް ވަނީ އިތުރުކުރެވިފައި ކަމަށް ބުންޏެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެއް ޕާޓީއަކުން އެންމެ ގިނައިން އަންހެން ކެންޑިޑޭޓުން ވާދަކުރަނީ ޕީއެންސީގެ ޓިކެޓުގައި ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ. މީގެ އިތުރުން މި އަހަރުގެ އަންހެނުންގެ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ކޮންގްރެސް ޕާޓީގެ އަންހެނުންގެ ގޮފިން ބާއްވާ ޚާއްސަ ހަރަކާތް ރަމަޟާން މަހަށްފަހު ބާއްވާނެ ކަމަށް އެ ބަޔާނުގައި ވެ އެވެ.