ENGLISH
10 މާރިޗު 2026
ފަސްޓްލޭޑީ ގޮވައިލެއްވީ ކޮންމެ އަންހެނަކަށްވެސް ކަރާމާތާއި އިންސާފު ކަށަވަރުކޮށްދޭން މަސައްކަތް ކުރުމަށް
08 މާރިޗު 2026
|
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން, ދ. މީދޫ ވޮލީބޯޅަ ކޯޓު ހުޅުއްވައިދެއްވުން --
އެންމެ މަޤްބޫލު
ކޮންމެ އަންހެނަކަށްވެސް ކަރާމާތާއި އިންސާފު ކަށަވަރުކޮށްދޭން މުޅި މުޖްތަމަޢުން މަސައްކަތް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ގޮވާލައްވައިފި އެވެ.
އެކަމަނާ އެކަމަށް ގޮވާލެއްވީ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވެވި ތަޙުނިޔާގެ މެސެޖުގަ އެވެ. އެކަމަނާގެ މެސެޖުގައި ދިވެހި އަންހެނުންނަށް ތަޢުރީފު ކުރެއްވި އެވެ. ވިދާޅުވީ މި އުފާވެރި ދުވަހުގެ ތަޙުނިޔާ ފޮނުއްވަނީ ދިވެހި އާއިލާތައް ތަރުބިއްޔަތުކޮށް، އަޅުގަނޑުމެންގެ މުޖުތަމަޢުތަކަށް މަގުދައްކައިދެމުންދާ ހިތްވަރު ގަދަ އަދި ޙިކުމްތްތެެރި ކަނބަލުންގެ އަގުވަޒަން ކުރައްވަމުން ކަމަށެވެ.
އަންހެނުންގެ އަޑަކީ މުޖްތަމައުގެ މުހިންމު އަޑެއްކަން ފާހަގަ ކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ކަނބަލުންގެ ވިސްނުމަކީ ދިވެހި ޤައުމުގެ މުސްތަޤްބަލު ބައްޓަން ކުރުމުގެ މައިގަނޑު އަސާސް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ މެސެޖުގައި ކޮންމެ އަންހެނަކާއި އަންހެން ކުއްޖަކަށް ވެސް ކަރާމާތާއި، ހަމަހަމަ ފުރުސަތާއި، އިންސާފު ލިބިގެންދާނެކަން ކަށަވަރުކޮށްދެއްވުމަށް ގޮވައިލެއްވި އެވެ. އެކަމަނާ ވަނީ އަމާޒަކަށް ވާންވީ ވަކި ޖިންސަކަށްވީތީ ތަފާތުކޮށް ޙައްޤުތަކާއި ފުރުސަތުތައް ހަނިކުރުމުގެ ބަދަލުގައި ދެ ޖިންސަށްވެސް ހަމަހަމަ ފުރުސަތާއި އިޙްތިރާމް ލިބޭ ފަދަ މުޖްތަމަޢުއެއް ބިނާކުުރުމަށް ކަމަށެވެ.
ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހަކީ ކޮންމެ އަހަރެއްގެ މާރޗް މަހުގެ 8 ވަނަ ދުވަހެވެ.