ENGLISH
09 މާރިޗު 2026
ރައީސް، ހެންވޭރު އުތުރު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތުގައި ބައިވެރިވެވަޑައިގެންފި
08 މާރިޗު 2026
|
މިއަދު އޮތް ދޮރުން ދޮރަށް ހަރަކާތް
އެންމެ މަޤްބޫލު
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ކެމްޕޭނުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) އިން މިއަދު ކުރިއަށްގެންދިޔަ ހެންވޭރު އުތުރު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފި އެވެ.
ކޮންގްރެސް ޕާޓީގެ ފަރާތުން މިއަދު މެންދުރު ފަހުން ދޮރުން ދޮރަށް ހަރަކާތް ކުރިއަށްގެންދިޔަ ހެންވޭރު އުތުރު ދާއިރާގެ އެކި ގެތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޒިޔާރަތް ކުރައްވާފަ އެވެ. އެ ގެތަކަށް ޒިޔާރަތް ކުރައްވާ ރައްޔިތުންގެ ޙާލު ބެއްލެވި އެވެ.
އަދި އެ ރައްޔިތުންގެ ކަންބޮޑުވުންތައް އެއްސެވި އެވެ. އެމަނިކުފާނުގެ ސަރުކާރުން ގެންގުޅުއްވާ ތަސައްވުރާއި ބައެއް ވިސްނުންތައް ރައީސް ވަނީ ހިއްސާ ކުރައްވާފަ އެވެ.
މީގެ އިތުރުން މަގުމަތީން ބައްދަލްވެވަޑައިގެންނެވި ވަރަށް ގިނަ އާންމުންނާއި ސަލާމް ކުރައްވާ އެ ރައްޔިތުންގެ ކަންބޮޑުވުންތައް ވެސް އެއްސެވި އެވެ. އަދި ރައްޔިތުން ފާޅުކުރެއްވި ކަންބޮޑުވުންތަކާއި ގުޅިގެން ކޮށްދެވެން އޮތް ކަމެއްް ކޮށް ދެއްވާނެ ކަމާއި އެކަންކަން ރަނގަޅު ކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާ ފިޔަވަޅުތައް އަޅުއްވާނެ ކަމުގެ ޔަޤީންކަން ވެސް ދެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ ޢަލީ ޖަލީލް އާއި މާލޭގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ރައީސްކަމަށް ވާދަކުރާ އާޝިޔަތު އަލައިކާ އަދުނާންގެ އިތުރުން، އެ ދާއިރާގެ މަޤާމްތަކަށް ކުރިމަތިލައްވާ ކެންޑިޑޭޓުން ބައިވެރިވެވަޑައިގެންނެވި އެވެ.
ކެންޑިޑޭޓުންގެ އިތުރުން، ދައުލަތުގެ ވަޒީރުންނާއި ޕާޓީގެ ލީޑަރޝިޕްގެ އިސް ބޭފުޅުން ވެސް ވަނީ މި ހަކަރާތުގައި ބައިވެރިވަޑައިގެންފައެވެ.
ކޮންގްރެސް ޕާޓީގެ ފަރާތުން ކެމްޕޭނުގެ ހަރަކާތްތައް މުޅި ރާއްޖޭގައި ކުރިއަށްގެންދާއިރު މިހާރު ވެސް ގިނަ ގޮނޑިތަކެއް އެ ޕާޓީއަށް ވަނީ ކަށަވަރުވެފައެވެ. އެގޮތުން ކައުންސިލްތަކުގެ 28 ގޮނޑިއާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ 41 ގޮނޑިއާއެކު، އިންތިޚާބަކާ ނުލައި ޖުމްލަ 69 ގޮނޑިއަށް ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންނަށް ވަނީ ލިބިފަ އެވެ.