ENGLISH

09 މާރިޗު 2026

Advertisement

އަލަށް ހުޅުވި މިސްކިތްތަކުގައި ސަޢުދީން ހަދިޔާކުރި މުސްޙަފްތައް ބަހައްޓައިފި

08 މާރިޗު 2026

|

އަޙުމަދު ޙަމީދު

އަލަށް ހުޅުވި މިސްކިތްތަކުގައި ސަޢުދީން ހަދިޔާކުރި މުސްޙަފްތައް ބެހެއްޓުން --

ސަޢުދީ ޢަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކުރި މުސްޙަފްތައް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އަލަށް ހުޅުވުނު މިސްކިތްތަކުގައި ބަހައްޓައިފި އެވެ.

އެގޮތުން މުސްޙަފް ބަހައްޓާފައިވަނީ މަސްޖިދު ޝަހީދު ޢުމަރު އަޙްމަދު ނުވަތަ ހއ. ދިއްދޫ އިސްލާމީ މަރުކަޒާއި ޅ. ކުރެންދޫ މަސްޖިދުއް ސިއްދީޤް އާއި ނ. މަނަދޫ މަސްޖިދުއްތަޢުބާ އާއި ސ. މަރަދޫ މަސްޖިދު ރައްޔާން އާއި ށ. ފޯކައިދޫ މަސްޖިދުލް ނޫރާއި ޅ. އޮޅުވެލިފުށި މަސްޖިދުލް އިޚްލާސް އާއި ލ. ގަން ތުނޑީ ބަނދަރު މިސްކިތާއި ހއ. އިހަވަންދޫ މަސްޖިދު ޒުވައިދާ އަޙްމަދާއި މަސްޖިދު އީމާން އާއި އދ. އޮމަދޫ މަސްޖިދުލް ރަޙްމާ އާއި ނ. ކުޑަފަރީ މަސްޖިދު މުޙައްމަދު ޤާސިމް އާއި ނ. ކެނދިކުޅުދޫ މަސްޖިިދު ޝަމީމާ ޢަބްދުﷲ އާއި ލ. ގަން މަސްޖިދުލް ސަލާމް އާއި މަސްޖިދު ޔޫސުފުލް ބަރުބަރީ ގަ އެވެ.

މި ރަމަޟާން މަހުގެ ކުރިއަށް މަސައްކަތް ނިންމާ މި މިސްކިތްތައް ހުޅުވާފައިވާއިރު، ކޮންމެ މިސްކިތަކަށް ސަޢުދީ ޢަރަބިއްޔާއިން ހަދިޔާކުރި މުސްޙަފް ފޯރުކޮށްދީފައިވެ އެވެ.

މިދިޔަ އަހަރު ސަޢުދީ ޢަރަބިއްޔާއިން ވަނީ ދެ ބުރެއްގެ މަތިން ރާއްޖެއަށް 50،500 މުސްޙަފް ހަދިޔާކޮށްފަ އެވެ. މި މުސްޙަފްތައް ބެހުމަށް ހަމަޖެހިފައިވަނީ ކީރިތި ޤުރުއާން ހިތުދަސްކުރާ ކުލާސްތަކަށާއި މިސްކިތްތަކަށާއި އިސްލާމީ މަރުކަޒުތަކަށެވެ.

އެގޮތުން އެކި ޤުރުއާން ކުލާސްތަކަށް އަންނަނީ މި މުސްޙަފްތައް ހަދިޔާކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު