ENGLISH
09 މާރިޗު 2026
ފްލައިޓެއް ޗާޓަރުކޮށް، ނުފުރިތިބި 164 މީހުން ޢުމްރާއަށް މިރޭ ފުރުވާލަނީ
08 މާރިޗު 2026
|
ދިވެހި އުމްރާވެރީންތަކެއް ފްލައިޓަށް އަރަނީ --
އެންމެ މަޤްބޫލު
ފްލައިޓެއް ޗާޓަރުކޮށް، ނުފުރިތިބި 164 މީހުން ޢުމްރާއަށް މިރޭ ފުރުވާލަން ތައްޔާރުވެއްޖެ އެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާ އިން މިއަދު ބުނި ގޮތުގައި ޢުމްރާއަށް ފުރުމުގައި އެކި ސަބަބުތަށް ދިމާވެގެން ނުފުރުނު 164 ޢުމްރާވެރިން މިރޭ ޢުމްރާއަށް ފުރޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ފަރާތުން ވަނީ މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރ ކޮށްފައި ކަމަށް ބުނެފައިވެ އެވެ.
އަދި މައްކާގެ އިންތިޒާމްތައް ވެސް ވަނީ ހަމަޖެހިފައި ކަމުގައި ބުނެފައިވެ އެވެ.
"މި ފުރުޞަތުގައި ހައްޖު ކޯޕަރޭޝަނަށާއި މޯލްޑިވިއަންނަށް ޝުކުރު ދަންނަވަން. އަދި ރައީސް ޑރ މުޙައްމަދު މުޢިއްޒު މިކަން ހައްލު ކުރެއްވުމަށް ދެއްވި އަހައްމިއްޔަތަށްޓަކައި ރައީސަ އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން," އިސްލާމިކް މިނިސްޓްރީން ބުނެފައިވެ އެވެ.
އެމެރިކާއާ އިޒްރޭލުން އީރާނާއި ދެކޮޅަށް ފެށި ޢުދުވާނާއި ގުޅިގެން ޢުމްރާ ދަތުރުތަކަށް ބުރޫއެރި އެވެ. އަދި އެއް ގުރޫޕަކުން ވަނީ އެ ހަނގުރާމައާ ގުޅިގެން ކަމަށް ބުނެ ދަތުރު ކެންސަލް ވެސް ކޮށްފަ އެވެ. ނަމަވެސް އެ ގުރޫޕުން ކަންކުރި ގޮތަށް ބަލާ އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވަނީ އެ ގުރޫޕަށް ހަރުކަށި ފިޔަވަޅު އަޅާފަ އެވެ.