ENGLISH
09 މާރިޗު 2026
މި ރަމަޟާން މަހުގެ ފުރަތަމަ 15 ދުވަހު ފިތުރު ޒަކާތް ދެއްކި މިންވަރު އިތުރުވެއްޖެ
08 މާރިޗު 2026
|
ފިތުރު ޒަކާތް ބަލައިގަތުމުގެ މަސައްކަތް ކުރަނީ. މިދިޔަ އަހަރަށް ވުރެ މިއަހަރު ފިތުރު ޒަކާތުގެ އަދަދު އިތުރު.
އެންމެ މަޤްބޫލު
މި ރަމަޟާން މަހުގެ ފުރަތަމަ 15 ގައި ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު މިންވަރު، ވޭތުވެދިޔަ އަހަރާއި ބަލާއިރު އިތުވެފައިވާކަން، ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއަދު ޒަކާތު ހައުސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި ރަމަޟާން މަހުގެ ފުރަތަމަ 15 ގައި، ފިތުރު ޒަކާތުގެ ގޮތުގައި 5،482،171ރ. ވަނީ ލިބިފައެވެ.
މިއީ ވޭތުވެދިޔަ ތިން އަހަރާއި ބަލާއި މި މުއްދަތުގައި ފިތުރު ޒަކާތުން ލިބުނު މިންވަރަށްވުރެ އިތުރު އަދަދެކެވެ. މިދިޔަ އަހަރު މި މުއްދަތުގައި ލިބިފައިވަނީ 4،460.199ރ އެވެ.
އެހެންއަހަރުތަކޭ އެއްގޮތަށް ފިތުރު ޒަކާތް ދެއްކޭނެ ފަސޭހަ ގޮތްތަކެއް މިއަހަރު ވެސް ވަނީ އާއްމުކޮށްފައެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ތިބެގެން އޮންލައިންކޮށް ފިތުރު ޒަކާތް ދެއްކުމަށް ރަމަޟާން މަހުގެ 1 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ހަވީރު 6:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
ދިރާގު އެޕް / ދިރާގު ޕޭ، އުރީދޫ އެމް-ފައިސާ އެޕްލިކޭޝަން، އެމްއައިބީ ފައިސާ މޮބައިލް އެކްސް އެޕްލިކޭޝަން، ބީއެމްއެލް މޮބައިލް އެޕްލިކޭޝަން އަދި ފަހިޕޭ އެޕްލިކޭޝަންގެ އިތުރުން ބަނޑޭރިޕޭ އެޕްލިކޭޝަން ނުވަތަ ޕޯޓަލް އިން ވެސް ޒަކާތް ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.
މީގެ އިތުރުން އޮންލައިންކޮށް ފައިސާ ދައްކަން އަހުލުވެރި ނޫން ފަރާތްތަކަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމަށް ވަޑައިގެން ޒަކާތް ދެއްކޭނެ އިންތިޒާމްވެސް ހަމަޖައްސާފައިވެއެވެ.