ENGLISH
09 މާރިޗު 2026
މަސްތުވާތަކެތީގެ ތިން މައްސަލައެއްގައި 6 މީހަކު ހައްޔަރުކޮށްފި
08 މާރިޗު 2026
|
ހަ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއިއެކު ހައްޔަރުކުތި ތިން މިހުން. ތިން މައްސަލައިގައި 6 މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފަ. ފޮޓޯ: ޕޮލިސް
އެންމެ މަޤްބޫލު
މަސްތުވާތަކެތީގެ ތިން މައްސަލައެއްގައި 2 ދިވެހިންނާއި 4 ބިދޭސީން ހައްޔަރުކޮށްފިއެވެ.
މީގެ ތެރެއިން 5 މީހުން ހައްޔަރުކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ނެވެ. ތިން މައްސަލައިގެ ތަފްސީލު ވެސް ފުލުހުން މިއަދު ވަނީ މީޑިއާތަކާ ހިއްސާކޮށްފައެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ މިމަހުގެ 3 ވަނަ ދުވަހު، 6 ކިލޯގެ މަސްތުވާތަކެއްޗާއެކު ދިވެއްސަކާއި 2 ބިދޭސީން ހައްޔަރުކޮށްފައިވާކަމަށެވެ. ހައްޔަރުކުރި ދިވެެއްސަކީ، ގދ. ގައްދޫ / ހިތިލާގޭ، އުމުރުން 28 އަހަރުގެ ޢަލީ ޢިރުފާނެވެެ. ހައްޔަރުކުރި އަނެއް ދެމީހުންނަކީ އިންޑިއާއަށް ނިސްބަތްވާ، 19 އަހަރުގެ ދަނޫޝްކާނދަން ގޯޕާލް އާއި 21 އަހަރުގެ ކަތިރިވިލް މަނިމަރަން އެވެ.
މި މީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް، ވިއްކާއި ވިޔަފާރިކުރާކަމުގެ ތުހުމަތުގައެވެ.
ފުލުހުން ބުނިގޮތުގައި މި މައްސަލައާ އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޢަލީ ޢިރުފާނު ޝަރީއަތް ނިމެންދެން އަދި އަނެއް ދެ މީހުން ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި އެއާޕޯޓުން ހައްޔަރުކުރި އިންޑިއާގެ ދެމީހުން
ވެލާނާ އިންޓަރނެޝަނަލް އެއާޕޯޓުން އެއްކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި އެކު އިތުރު ދެ ބިދޭސީއަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ. އެއީ އިންޑިއާއަށް ނިސްބަތްވާ، އުމުރުން 25 އަހަރުގެ ޖައިނަބު ވާޖިދު ޢަލީ އާއި، 21 އަހަރުގެ މުޙައްމަދު ނަވާޒް ދަޔަތަރުއެވެ.
ކޯޓުން ވަނީ މި ދެމީހުން ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
މަސްތުވާތަކެތީގެ އިތުރު މައްސަލައެއްގައި މިމަހުގެ 5 ވަނަ ދުވަހު، ކުޅުދުއްފުށި ސިޓީ އިން ވަނީ ދިވެއްސަކު ހައްޔަރުކޮށްފައެވެ. އެއީ ހދ.ކުޅުދުއްފުށި / ޕިޔާނާގެ ، އުމުރުން 36 އަހަރުގެ މުޙައްމަދު މޫސާއެވެ.
ކޯޓު އަމުރެއްގެ ދަށުން، މީނާ ހައްޔަރުކުރީ މަސްތުވާތަކެތި ބޭނުންކޮށް އަދި އެތަކެތި ވިއްކާ ވިޔަފާރިކުރަމުންދާކަމުގެ ތުހުމަތުގައެވެ. އެގޮތުން މުޙައްމަދު މޫސާ ބަލައިފާސްކުރިއިރު، ވަގުތީ ބަރުދަނުގައި 2.6 ގުރާމު ހުރި މަސްތުވާތަކެތި ފެނިފައިވެއެވެ.
މުހައްމަދު މޫސާގެ ބަންދަށް ކޯޓުން ވަނީ ހަތް ދުވަސް ޖަހާފައެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގައި ހދ. ކުޅުދުއްފުށި ސިޓީ އިން ހައްޔަރު ކުރި މީހާ
މި މައްސަލަތައް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުން، ނުވަތަ އޭގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދެވޭގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި އިސްލާހަށް މިމަހުގެ ހަ ވަނަ ދުވަހުން ފެށިގެން އަމަލު ކުރަންވަނީ ފަށާފައެވެ.