ENGLISH

09 މާރިޗު 2026

Advertisement

ސާޖަރީގެ ވަގުތު ނާރުތައް މޮނިޓަރ ކުރެވޭ ވަސީލަތެއް އައިޖީއެމްއެޗްގައި ޤާއިމުކޮށްފި

08 މާރިޗު 2026

|

އައިމިނަތު ޝަފާ

ދަރުމަވަންތަ ހޮސްޕިޓަލުގެ އޮޕަރޭޓިން ތިއޭޓަރު. ފޮޓޯ؛ އައިޖީއެމްއެޗް

ނިއުރޯ ސާޖަރީތަކުގައި ބޭނުންކުރާ "އިންޓްރާ އޮޕަރޭޓިވް ނިއުރޯމޮނިޓަރިން" އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗުން ތައާރަފުކޮށްފި އެވެ.

މި ޓެކްނޮލޮޖީގެ އަލީގައި އޮޕަރޭޝަން ކުރަމުންދާ ވަގުތު ނާރުތަކަށް ލިބިދާނެ ގެއްލުންތައް ވަގުތުން ދެނެގަނެ، ސާޖަރީތަކުގައި ނާރުތަކަށް ލިބިދާނެ ގެއްލުންތައް ކުޑަކުރެވި، ބަލިމީހާގެ ރައްކާތެރިކަން އިތުރަށް ކަށަވަރުވެގެންދާނެ އެވެ.

އައިޖީއެމްއެޗްގެ ސީނިއާ ކޮންސަލްޓަންޓް ސަބް ސްޕެޝަލިސްޓް އިން ނިއުރޯ ސާޖަރީ، ޑރ. ޢަލީ ނިޔާފް ވިދާޅުވީ، އިންޓްރާ އޮޕަރޭޓިވް ނިއުރޯ މޮނިޓަރިންއަކީ ބަލިމީހާގެ ރައްކަލަށްޓަކައި ކޮންމެހެން ހުރުން މުހިންމު ވަސީލަތެއް ކަމަށެވެ.  

އޮޕަރޭޝަން ކުރަމުންދާ ގަޑީގައި ނާރުތައް މަސައްކަތްކުރާ ގޮތް މެޝިނުން ދައްކާއިރު، އޮޕަރޭޝަން ކުރަމުންދާ ވަގުތު ނާރަކާ ގާތްވެ ނާރަކަށް ގެއްލުން ލިބޭފަދަ ބަދަލެއް އަންނަނަމަ އެ މެޝިނުން ޕަސެންޓޭޖާއެކު ދައްކާނެކަމަށް ޑރ. ނިޔާފު ވިދާޅުވި އެވެ. 

އާންމުކޮށް ކުރާ ސާޖަރީތަކުގައި ވެސް މިވަސީލަތުގެ މުހިންމުކަން ފާހަގަކުރައްވައި ޑރ. ނިޔާފް ވިދާޅުވީ ކޮމަން ސާޖަރީތަކުގެ ތެރޭގައި ކަނދުރާގެ ޑިސްކް ސާޖަރީ، މައިބަދައިގެ ޑިސްކް ސާޖަރީ ނޫނީ މައިބަދަޔަށް ގެއްލުން ލިބިގެން އަންނަ އޮޕަރޭޝަންތަކުގެ ތެރޭގައި، އިސްކުރު ޖަހާއިރު އިސްކުރުގެ އިންޓަގްރިޓީ ނުވަތަ އިސްކުރު ޖެހެމުންދާ ތަނާ އެކުގައި އިތުރު ނާރަކަށް ފިތޭ ކަމަށް ވާނަމަވެސް މެޝިނުން އެކަން ފާހަގަކުރާނެ ކަމަށެވެ. 

އައިޖީއެމްއެޗުން ބުނީ މިއީ ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ފަރުވާގެ ފެންވަރު މަތިކުރުމަށް މި ހޮސްޕިޓަލުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހޯދި މުހިންމު ކުރިއެރުމެއް ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު