ENGLISH

12 ޖޫން 2026

Advertisement

ގައުމުގައި ސިޔާސީ ހަމަޖެހުން ޤާއިމުކޮށްދެވިއްޖެ، ހަލަބޮލިކަން އުފައްދަން ފުރުސަތު ނުދީ: ރައީސް

08 މާރިޗު 2026

|

އަޙުމަދު ޙަމީދު

މިރޭ އޮތް ހަފްލާގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ --

ޤަައުމުގައި ސިޔާސީ ހަމަޖެހުން ޤާއިމުކޮށްދެވިފައިވާ ކަމަށާއި، އެހެންކަމުން ހަލަބޮލިކަން އުފައްދަން އެއްވެސް މިންވަރެއްގެ ފުރުސަތު ނުދިނުމަށް ދިވެހި ރައްޔިތުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.

މިރޭ އޮތް ދަ ގްރޭޓަރ އައްޑޫ ވިޝަންގެ ތަފްސީލު ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރަށް ދެ އަހަރު ފުރި ތިންވަނަ އަހަރެއް ގުނަމުންދާއިރު ނިމިދިޔަ ސަރުކާރުތަކުގައި ފެނުނު ފަދަ އެއްވެސް ކަމެއް ނުފެންނާނެ ކަމަށެވެ.

ޚާއްސަކޮށް ވެރިކަންކުރައްވާ ބޭފުޅުން ޖަލަށްލުމުގެ ސިޔާސީ ސަޤާފަތް ނައްތާލައްވާފައިވާ ކަމަށް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމާ ހަމައަށް ކަން އޮތީ ވެރިކަން ކުރައްވާ ކޮންމެ ބޭފުޅަކުވެސް ޖަލަށްލުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމުގައި ވެރިކަމަށް ހުންނަ ބޭފުޅަކަށް ހީވާ ގޮތަށް ކަމަށެވެ.

ކުށެއް ނުކުރާހާ ހިނދަކު އެއްވެސް މީހަކު ޖަލަށްލައިގެންނުވާނެ ކަމަށާއި، އެއީ އެމަނިކުފާނުގެ ސިޔާސަތު ކަމުގައި ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ޑިމޮކްރަސީއަށް ރުޖޫޢަވެ، ރާއްޖޭގައި ސިޔާސީ ހަމަޖެހުން ޤާއިމުކޮށްދެވިއްޖެ ކަމަށެވެ.

އެހެންކަމުން ހަލަބޮލިކަން އުފައްދަން ފުރުސަތު ދޭން ޖެހޭ ސަބަބެއް ނެތްކަމަށް ވިދާޅުވި އެވެ. އިދިކޮޅު ޕާޓީތަކުގެ އަމަލުތައް ހުރީ ކިރިޔާވެސް ބާރެއް ލިބިއްޖެނަމަ ޤައުމު ހަލަބޮލި ކުރުމަށް ކަމަށާއި އެހެންކަމުން އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އޮންނަ އިންތިޚާބުތަކުގައި ރަނގަޅު ގޮތް ނިންމެވުމަށް ރައީސް އެދިވަޑައިގަތެވެ.

އެމަނިކުފާނު މިރޭވެސް ވިދާޅުވީ ރައްޔިތުންނަށް ގެއްލުންވާނެ ކަމެއްގައި ރައްޔިތުންގެ ވޯޓަށް ނާއްސަވާނެ ކަމަށެވެ. އަދި އެމަނިކުފާނު ވެރިކަން ކުރައްވާނީ މާތް ﷲ އަށް ބިރުވެތިވާ ޙާލު އެކަލާންގެއަށް ތެދުވެރިވެ ރައްޔިތުންނަށް އިޚްލާސްތެރިކަމާ އެކު ކަމަށް ވިދާޅުވި އެވެ.

ކޮންގްރެސް ޕާޓީއަކީ ސިޔާސީ ޕާޓީގެ ނިޒާމު ކުރިއަރުވާ ޑިމޮކްރެސީއަށް ލޯބިކުރާ މެންބަރުންތަކެއް ހިމެނޭ ޕާޓީއެއް ކަމަށާއި އެ ޕާޓީން ޤައުމާއި ރައްޔިތުންނަށް ދެރަވާނެ އެއްވެސް ކަމެއް ނުކުރާނެ ކަމުގައި ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު