ENGLISH
02 މާރިޗު 2026
ތާރީޚީ ރެއެއް: 31 ޙާފިޒުން ދަސްވެނިވެއްޖެ، އެންމެ ގިނަ ޙާފިޒުން ދަސްވެނިވީ އަހަރު
01 މާރިޗު 2026
|
މިއަހަރު ދަސްވެނިވި ހާފިޒުން
އެންމެ މަޤްބޫލު
ކީރިތި ޤުރުއާން ހިތުދަސްކުރި ޙާފިޡުން ދަސްވެނިވުމުގެ ތާރީޚީ ފުރަތަމަ ޙަފްލާ ބާއްވައިފި އެވެ.
މިއަހަރުގެ ޙާފިޡުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތަކީ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ޙާފިޡުން ދަސްވެނިވެގެންދާނެ ރަސްމިއްޔާތެވެ.
މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްގެންދެވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އަލަށް ކީރިތި ޤުރުއާން ހިތުދަސްކޮށް ދަސްވެނިވި 31 ޙާފިޡުންނަށް ސަނަދާއި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމާއި މެޑަލް ހަވާލުކޮށްދެއްވާފައެވެ. މިއީ 1446 ވަނަ އަހަރުގެ ރަމަޟާން މަހުން ފެށިގެން 1447 ވަނަ އަހަރުގެ ރަމަޟާން މަހާ ހަމައަށް ކީރިތި ޤުރުއާން ހިތުދަސްކޮށް، ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ކަނޑައަޅުއްވާފައިވާ ޝަރުޠުތަކާ އެއްގޮތަށް، ޙިފްޡު އިމްތިޙާނު ކޮމިޓީއަށް ކިޔައިދީ، އަލަށް ދަސްވެނިވި ޙާފިޡުންނެވެ. މި އަހަރު ދަސްވެނިވެފައިވަނީ، އަންހެން 19 ޙާފިޡުންނާއި، ފިރިހެން 12 ޙާފިޡުންނެވެ. އެއީ 12 އަހަރާއި 21 އަހަރާ ދެމެދުގެ 23 ޙާފިޡުންނާއި، 21 އަހަރުން މަތީގެ 8 ޙާފިޡުންނެވެ.
މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އިތުރު 18 ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމާއި މެޑަލް ހަވާލުކޮށްދެއްވާފަ އެވެ. މިއީ 3 ސެޕްޓެމްބަރު 2024 އިން 18 މާރިޗު 2025 ގެ ނިޔަލަށް ކީރިތި ޤުރުއާން ހިތުދަސްކޮށް، ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ކަނޑައަޅުއްވާފައިވާ ޝަރުޠުތަކާ އެއްގޮތަށް، ޙިފްޡު އިމްތިޙާނު ކޮމިޓީއަށް ކިޔައިދީ ސަނަދު ޙާޞިލުކޮށްފައިވާ ޙާފިޡުންނެވެ.
ޙާފިޒުން ދަސްވެނިވުމުގެ ގޮތުން ބާއްވާ ޙަފްލާއަކީ މިކަމަށް ހިތްވަރުދިނުމުގެ ގޮތުންނާއި ޤުރުއާން މަތިވެރިވެރިކުރުމުގެ ގޮތުން 1447 ވަނަ އަހަރުން ފެށިގެން ބާއްވަން ނިންމި ޙަލްފާއެކެވެ.