ENGLISH
02 މާރިޗު 2026
މާފުށްޓާއި އެރަށު ހިއްކި ސަރަޙައްދު ގުޅުވައިދޭ ބުރިޖު މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފި
01 މާރިޗު 2026
|
މާފުށްޓާއި އެރަށު ހިއްކި ސަރަޙައްދު ގުޅުވައިދޭ ބުރިޖު މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުން --
އެންމެ މަޤްބޫލު
ކ. މާފުށްޓާއި އެރަށު ހިއްކި ސަރަޙައްދު ގުޅުވައިދޭ ބުރިޖު މަޝްރޫޢުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓްހައުސް ވިޔަފާރި ހިންގާ އެއް ރަށްކަމުގައިވާ މާފުށީ ރައްޔިތުންނަށް މިއަދު ފެށުނު ކޯޒްވޭ މަޝްރޫއުގެ މަަސައްކަތް ފުރިހަމަވުމުން ދަތުރުފަތުރުކުރުމުގައި ލުއި ފަސޭހަ ލިބި ލަފާ ފުރުމާއި މުދާ އުފުލައި ބޭލުމުގައި މިހާރަށްވުރެ ހަރުދަނާވެ ހަލުވި ވެގެންދާނެ ކަމަށް ސަރުކާރުން ބުނެ އެވެ.
އަދި ހިއްކާފައިވާ ސަރަހައްދުން ބޯހިޔާވަހިކަމާއި ސިނާއީ ބޭނުންތަކަށާއި ވިޔަފާރި ބޭނުންތަކަށް ބިން ދޫކުރެވޭއިރު ބްރިޖާއެކު ރަށުގެ އުމްރާނީ ތަރައްޤީއާއި އިޤްތިސާސީ ދުވެލި އިތުރަށް ހަލުވިވެ މިހާރަށްވުރެ ވެސް ރަށުގައި ފަތުރުވެރިކަމުގެ ވިޔަފާރި ކުރިއަރައިދިއުމަށް މަގުފަހިވެގެންދާނެ އެވެ.
މި މަޝްރޫޢުގެ ދަށުން މާފުއްޓާއި އެރަށުގެ ހިއްކާފައިވާ ސަރަޙައްދު ގުޅާލުމަށް 137 މީޓަރުގެ ބްރިޖެއް އަޅާނެ އެވެ. މަޝްރޫޢުގެ އަގަކީ 35.42 މިލިއަން ރުފިޔާ އެވެ. މަޝްރޫޢު ހަވާލުކޮށްފައިވަނީ އެމްޓީސީސީއަށެވެ. އެއީ އަހަރު ދުވަސްތެރޭ މަސައްކަތް ނިންމާ ގޮތަށެވެ.
މި މަސައްކަތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކަޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރު އިސްމާއީލް ހަމީދު، ރައްޔިތުންގެ މަޖިލީހުގެ މާފުށީ ދާއިރާގެ މެންބަރު ޙުސައިން ރިޟާ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޖަމްޝީދު އަދި މާފުށީ ކައުންސިލްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.