ENGLISH
01 މާރިޗު 2026
ރާއްޖޭގެ ތާރީޚުގައި އެއް ދުވަހެއްގައި އެންމެ ގިނަ ފަތުރުވެރީން އައީ ފެބްރުއަރީ 14ގައި، އެ ދުވަހު 11،136 ފަތުރުވެރިން އައި
01 މާރިޗު 2026
|
މިދިޔަ އަހަރުގެ އެއްމިލިއަންވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުން --
އެންމެ މަޤްބޫލު
ރާއްޖޭގެ ތާރީޚުގައި އެއް ދުވަހެއްގައި އެންމެ ގިނަ ފަތުރުވެރީން އައި ދުވަހަކަށް މި އަހަރުގެ ފެބްރުއަރީ 14 ވަނަ ދުވަސް ވެއްޖެ އެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އިން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގައި މިނިސްޓަރު ތޯރިޤް އިބްރާހިމް ވިދާޅުވީ ރާއްޖޭގެ ތާރީޚުގައި އެއް ދުވަހެއްގައި އެންމެ ގިނަ ފަތުރުވެރީން އައި ދުވަހަކީ މިދިޔަ މަހުގެ 14 ވަނަ ދުވަސް ކަމަށެވެ. ދުވަހު 11،136 ފަތުރުވެރިން ރާއްޖެ އައި ކަމަށް ވިދާޅުވި އެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެއައި ފަތުރުވެރީންގެ ތެރެއިން އެންމެ ގިނައީ ޗައިނާގެ މީހުންނެވެ. އެ ޤައުމުން ވަނީ 74,792 މީހުން ރާއްޖެ އައިސްފަ އެވެ. ދެވަނާގައި އޮތީ ރަޝިޔާ އެވެ. އެ ޤައުމުން ވަނީ 51,858 ފަތުރުވެރީން ރާއްޖެ އައިސްފަ އެވެ. ތިންވަނާގައި އިޓަލީ އޮތްއިރު އެ ޤައުމުން 44,343 ފަތުރުވެރީން ރާއްޖެ އައިސްފައިވެ އެވެ.
ދެން ހިމެނެނީ:
* އިނގިރޭސިވިލާތް - 42,092 ފަތުރުވެރީން
* ޖަރުމަންވިލާތް - 27,880 ފަތުރުވެެރީން
* ފަރަންސޭސިވިލާތް - 16,843 ފަތުރުވެރީން
* އިންޑިއާ - 16,395 ފަތުރުވެރީން
މި އަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރީން ޒިޔާރަތްކޮށްފައިވާ 10 ގައުމުގެ ތެރޭގައި ޔޫރަޕްގެ ހަތް ގައުމެއް ހިމެނެ އެވެ. ދެން އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރީން ޒިޔާރަތް ކުރަނީ އޭޝިޔާ ބައްރުގެ ޤައުމުތަކުންނެވެ.
މިނިސްޓަރު ވިދާޅުވީ 2019 ވަނަ އަހަރުގެ ފަހުން މިދިޔަ އަހަރު ވަނީ ފަތުރުވެރީންނަށް އަމާޒުކޮށް ސާރވޭއެއް ކުރިއަށް ގެންގޮސްފަ އެވެ. މި ސާރވޭގައި ބައިވެރިވި 80 އިންސައްތަ މީހުން ރާއްޖޭގައި ހޭދަކުރި ޗުއްޓީއާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށް ވަނީ ބުނެފަ އެވެ. އަދި 90 އިންސައްތަ އަށް ވުރެ ގިނަ މީހުން އެނބުރި އަންނަން ބޭނުންވާކަން ހާމަކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.