ENGLISH

01 މާރިޗު 2026

Advertisement

މި އަހަރު ހަތް ރިސޯޓު ހުޅުވި، 1،000 އަށްވުރެ ގިނަ އެނދު ބާޒާރަށް ނެރެވޭނެ

01 މާރިޗު 2026

|

ޝިފްޒާން އަޙްމަދު

ވަޒީރު ތާރިގު އިބްރާހީމް، ފޮޓޯ: ރައީސް އޮފީސް

ހިނގަމުންދާ 2026 ވަނަ އަހަރު ޖުމްލަ ހަތް ރިސޯޓު ހުޅުވައި 1،000 އަށްވުރެ ގިނަ އެނދު ރިސޯޓުތަކުގެ ތެރެއިން ފަތުރުވެރިކަމުގެ ސިނާއަތަށް ނެރެވިގެންދާނެކަމަށް ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވަޒީރު ތާރިގު އިބްރާހީމް ވިދާޅުވެއްޖެއެވެ. 

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ކުރަމުންދާ މަސައްކަަތްތަކުގެ މައުލޫމާތު މީޑިޔާއަށް ދެއްވުމަށް މިއަދު ރައީސް އޮފީހުގައި ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ތާރިގު ވިދާޅުވީ 2023 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހުގައި ރައީސްކަމާ ޑރ.މުޙައްމަދު މުޢިއްޒު ހަވާލުވެވަޑައިގެންނެވި ފަހުން މިހާތަނަށް 7،000 އަށްވުރެ ގިނަ އެނދު ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރުކުރެވިފައިވާ ކަމަށެވެ. 

ފާއިތުވި ދެ އަހަރު ތެރޭ އެންމެ ގިނައިން އެނދު އިތުރުވީ ގެސްޓުހައުސްތަކުންނެވެ. އެގޮތުން 4،062 އެނދު ގެސްޓުހައުސްތަކުން އިތުރުވިއިރު، 1554 އެނދު އަދި ލިވްބޯޑުތަކުން 503 އެނދާއި ހޮޓާތަކުން 708 އެނދު ޓޫރިޒަމަށް އިތުރުވިއެވެ. އަދި ހޯމްސްޓޭގެ 368 އެނދު އަލަށް ބާޒާރަށް ނެރެފައިވެއެވެ. ޖުމްލަ 7195 އެނދު ފާއިތުވި ދެ އަހަރެއްހައި މުއްދަތުގައި އިތުރުކުރެވިފައިވެއެވެ. 

މިނިސްޓަރުވަނީ ނިމުނު 2025 ވަނަ އަހަރު ފަތުރުވެރިކަމުގެ އެކި ވިޔަފާރިތަކަށް މިނިސްޓްރީން ދޫކުރި ހުއްދައިގެ ތަފުސީލުތައްވެސް ހިއްސާކުރައްވާފައެވެ. އެގޮތުން ޖުމްލަ 43 ރިސޯޓަކަށް ހުއްދަ ދޫކުރިއިރު 280 ގެސްޓުހައުސްއަކަށާއި، 122 ޑައިވް ސެންޓަރާއި، 14 ހޮޓަލަކަށް ނިމުނު އަހަރު ވިޔަފާރި ލައިސެންސް ދޫކުރިއެވެ. 

މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާރުވެސް ފަތުރުވެރިކަމުގެ ބޭނުމަށް 168 ރަށް ރިސޯޓުގެ ގޮތުގައި ތަރައްގީކުރުމުގެ މަސައްކަތް ކުރެވެމުންދެއެވެ. އެއިން ހަތް ރިސޯޓެއްގެ މަސައްކަތް މި އަހަރުގެ ތެރޭގައި ނިމިގެންދާނެ ކަމުގައި ވަޒީރު ވިދާޅުވިއެވެ. 

މި އަހަރު މުޅިން އަލަށް ނިންމައި ހުޅުވޭ ހަތް ރިސޯޓާއެކު، ހަމައެކަނި ރިސޯޓުތަކުން ބާޒާރަށް 1،000 އަށްވުރެ ގިނަ އެނދު ނެރެވިގެންދާނެ ކަމުގައި ވަޒީރު ވިދާޅުވިއެވެ. ގެސްޓުހައުސްތަކާއި ލިވަބޯޑުތައް ރަޖިސްޓްރީކުރެވެމުންދާ މިންވަރަކުން މި އަހަރު ފަތުރުވެރިކަމަށް ނެރެވޭ އެނދުގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. 

ވަޒީރު ވިދާޅުވި ގޮތުގައި ފަތުރުވެރިކަމަށް ސަރުކާރުން ކަނޑައަޅާފައިވާ އަދި އެ އަމާޒެއް ހާސިލުކުރުމަށް މަސައްކަތްކުރަމުންދާ އަމާޒަކީ 2027 ވަނަ އަހަރާ ހަމައަށް ރާއްޖެއަށް ފަތުރުވެރިކަމުން ވަންނަ ޖުމްލަ ފައިސާގެ އަދަދު ހަ ބިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމެވެ. 

ކިޔުންތެރިންގެ ހިޔާލު