ENGLISH
01 މާރިޗު 2026
މެދުއިރުމަތީގެ ހާލަތާ ގުޅިގެން އުމްރާވެރިން ސަމާލުވުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފި
01 މާރިޗު 2026
|
ގެފުޅުގެ އަރިހުގައި ދިވެހި އުމްރާވެރިންތަކެއް، ފޮޓޯ: މިހާރު
އެންމެ މަޤްބޫލު
އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން އުދުވާނީ ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ ނުތަނަވަސްކަން ބޮޑުވެފައިވާތީ އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާގައި ތިބި ދިވެހިންނާއި އެ ގައުމަށް ދަތުރުކުރަން ގަސްތުކުރާ ދިވެހިން ސަމާލުވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިލްތިމާސްކޮށްފިއެވެ.
އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މައްކާގައި މިހާރު ތިބި މީހުންނާއި އުމްރާއަށް ދިއުމަށް ރާވާފަައިވާ މީހުން ދަތުރުފަތުރުގެ ކަންކަމުގައި ސަމާލުވުމަށް އެދޭ ކަމަށެވެ. އަދި ހާއްސަ ކަމެއް މެދުވެރިވެއްޖެ ހާލަތެއްގައި ރިޔާޟުގައި ހުންނަ ދިވެހި އެމްބަސީއާއި ޖިއްދާގައި ހުންނަ ކޮންސިއުލޭޓަށް އެންގުމަށްވެސް މިނިސްޓްްރީން އެދިފައިވެއެވެ.
ރިޔާާޟުގައި ހުންނަ އެމްބަސީގެ ނަންބަރު 966506894477
ޖިއްދާގައި ހުންނަ ކޮންސިއުލޭޓުގެ ނަންބަެރު 966530838329\
އަދި މިހާލަތާ ގުޅިގެން އުމްރާވެރިންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް އިސްލާމިކް މިނިސްޓްރީގައި ހޮޓްލައިން ނަންބަރެއް ގާއިމުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށާއި، އެ ނަންބަރު ގާއިމުކުރެވުމުން އެކަމާ ގުޅޭ މައުލޫމާތު އެ ވުޒާރާއިން އާއްމުކުރާނެކަމަށް ބުނެފައިވެއެވެ.
އުމްރާ ދަތުރުތަކުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމާއެކު ކަމާގުޅުންހުރި ރަސްމީ ފަރާތްތަކުންނާއި ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ފޯރުކޮށްދެއްވާ އިރުޝާދުތަކާއި އެންގެވުންތަކަށް ޢުމްރާއަށްދާ އެންމެން ސަމާލުކަންދިނުމަށް އެ ވުޒާރާއިން ވަރަށް ބޮޑަށް ބާރުއަޅައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފައިވަނީ މައްކާގައި މިހާރު ތިބި ދިވެހި އުމްރާވެރިންގެ ހާލަތު ވަރަށް ކައިރިން މިނިސްޓްރީން ބަލަމުންދާ ކަަމަށެވެ.