ENGLISH

01 މާރިޗު 2026

Advertisement

ޕީއެންސީން ގެންނަ އިސްލާހުތަކަކީ ގައުމުގެ ހަމަޖެހުމަށްޓަކައި ގެންނަ ބަދަލުތަކެއް: ހުސްނީ

01 މާރިޗު 2026

|

ޝިފްޒާން އަޙްމަދު

މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް

ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއިން ގާނޫނުއަސާސީއާއި ގާނޫނުތަކަށް ގެންނަ ބަދަލުތަކަކީ ގައުމުގެ ހަމަޖެހުމަށްޓަކައި ގެންނަމުންދާ ބަދަލުތަކެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ވިދާޅުވެއްޖެއެވެ. 

މުބާރިކް މިފަދައިން ވިދާޅުވީ މިއަދު ކޮންގްރެސް ޕާޓީން ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައގެން ދެއްކެވި ވާހަކަފުޅުގައެވެ. ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވާ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރުމަކީ ރިޔާސީ ދަައުރު ދަންމަައިލުމަށް ކުރާ މަސައްކަތެއްކަމަށް ތުހުމަތުކޮށް އިދިކޮޅު ފަރާތްތަކުން މިހާރު ފަތުރަމުން އަންނަ ވާހަތަކަށް ހުސްނީ ރައްދުދެއްވިއެވެ. 

އޭނާ ވިދާޅުވީ ގާނޫނުއަސާސީގައި ހިމެނޭ މާއްދާތަކުގެ ތެރެއިން ރައްޔިތުންގެ ބަހެއް ނުހޯދައި ބަދަލުނުކުރެވޭ މާއްދާތައް ބަޔާންކުރާ ގާނޫނުއަސާސީގެ 162 ވަނަ މާއްދާ ބަދަލުކުރުމަށް ނުވަތަ އިސްލާހުކުރުމަށް ރައްޔިތުންގެ ބަހެއް ހޯދުން ކުރިން ލާޒިމުނުވާނެ ކަމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބޭނުންފުޅުވެގެން 20 ވަނަ ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި ހަވަނަ އިސްލާހުގައި އެ މާއްދާ ބަދަލުކޮށް އިސްލާހުކުރެވޭނީ ރައްޔިތުންގެ ބަހެއް ހޯދައިގެންކަމަށް ކަނޑައަޅައި، އެ މާއްދާވެސް ހިމާޔަތްކޮށްފައިވާކަމަަށް މުބާރިކް ވިދާޅުވިއެވެ. 

ހުސްނީގެ ވިދާޅުވީ ރައްޔިތުންގެ ބަސް ހޯދުމަށް މަސައްކަތްކުރަން ފެށުމުން އެކަމަަށް ހުރަސްއަޅައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ފެންނަ ނުފެންނަ ވޯޓު ނެގުން ހުއްޓުވަން އުޅުމަކީ ޑިމޮކްރަސީގެ އަސާސީ ފިކުރުތަކާއި ވިސްނުމާ މުޅިން ފުށުއަރާ ކަމެއް ކަމަށެވެ. 

އިތުރަށް އޭނާ ވިދާޅުވީ އައު ގާނޫނުއަސާސީއަށް އަމަލުކުރަން ފެށިތާ 17 ވަރަކަށް އަހަރުވީއިރު، އެ މުއްދަތުގައި ކުރެވުނު ތަޖުރިބާތަކުގެ އަލީގައި ގައުމުގެ ކަންކަން ސްމޫތުކޮށް ހަމަޖެހޭ ގޮތަށް ކުރިއަށްގެންދިއުމަށްޓަކައި، ދުސްތޫރީ ނިޒާމަށް ބަދަލުތަކެއް ގެންނަންޖެހޭކަން ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ. 

ހުސްނީ ވިދާޅުވި ގޮތުގައި ޕީއެންސީން މިހާތަނަށް ގެނެސްފަައިވާ ބަދަލުތަކަކީ ރާއްޖޭގެ މުސްތަގުބަލަށްޓަކައި، ރާއްޖޭގެ އިގުތިސާދީ ކުރިމަގު ކަށަވަރުކޮށް ދައުލަތުގެ އިންތިޒާމުތައް ހަރުދަނާކުރުމަށް ގެނެސްފައިވާ ބަދަލުތަކެއް ކަމަށާއި، އެކަން ދިވެހި ރައްޔިތުން ބަލައިގަނެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު