ENGLISH
01 މާރިޗު 2026
މެދުއިރުމަތީގެ ހާލަަތު ގޯސްވުމާ ގުޅިގެން އިތުރު އެއާލައިންތައް ގެނައުމުގެ މަސައްކަތްކުރަނީ
01 މާރިޗު 2026
|
ދަތުރުފަތުރާއި މަދަނީ ވައިގެ އުދުހުންތަކާ ބެހޭ ވަަޒީރު މުހައްމަދު އަމީން
އެންމެ މަޤްބޫލު
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ބައިނަލްއަގުވާމީ މަދަނީ ވައިގެ އުދުހުންތަކަށް އައިސްފައިވާ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް އައު އެއާލައިންތައް ގެނައުމުގެ މަސައްކަތް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން މަސައްކަތް ފަށައިފިއެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ކަންކަމާ ގުޅިގެން މިއަދު އެ ވުޒާރާއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ މެދުއިރުމަތީގެ މަސްރަހަށް އަންނަމުންދާ ބަދަލުތަކާއި އެ ސަރަހައްދުގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގައި އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން ކުރިމަތިވެފައިވާ ހާލަތު އެ ވުޒާރާއިން ވަރަށް ކައިރިން ބަލަމުން އަންނަ ކަމަށެވެ.
އަދި މެދުއިރުމަތީގައި ހިނގަމުންދާ ކަންކަމުގެ ސަބަބުން މަދަނީ ވައިގެ ދަތުރުފަތުރާއި ފަތުރުވެރިމަަށް ކުރާ އަސަރު ރާއްޖޭގެ އިގުތިސާދަށް ވާސިލުވާނެކަން ފާހަގަކުރުމާއެކު ވުޒާރާއިން ބުނެފައިވަނީ މެދުއިރުމަތިން ރާއްޖެއަށް ކުރާ ދަތުރުތަކަކީ އިގުތިސާދަށް މުހިއްމު ދަތުރުތަކެއް ކަމުގައެވެ.
މެދުއިރުމަތީގެ ވައިގެ އުދުހުންތަކަަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް ދަތުރުކުރާ މައިގަނޑު އެއާލަައިންތަކާއި ކަމާ ގުޅޭ ގައުމީ ބައިނަލްއަގުވާމީ އިދާރާތަކާ ގުޅިގެން މިނިސްޓްރީން މަސައްކަތްކުރަމުންދާ ކަމށާއި، އެ ވުޒާރާގެ އެންމެ އިސް އަމާޒަކީ މި ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ދަތުރުކުރާ ފަސިންޖަރުންނާއި ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުން ކަމަަށްވެސް ބުނެފައިވެއެވެ.
މެދުއިރުމަތީގެ ބައެއް އެއާލައިންތަކުން ރާއްޖެއަށް ކުރަމުންދާ ދަތުރުތަކުގެ ޝެޑިއުލަށް ބަދަލުއައި ނަމަވެސް އެހެނިހެން އެއާލައިންތަކުގެ ދަތުރުތައް ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށެވެ. މީގެ އިތުރުން މި ހާލަތު ސަބަބުން ކުރާ އަސަރު ކުޑަކުރުމަށްޓަކައި ދެކުނު އިރުމަތީ އޭޝިޔާއާއި އިރުމަތީ އޭޝިޔާ އަދި އިންޑިޔާގެ އިތުރު އެއާލައިންތަކުން ރާއްޖެއަށް ގެނައުމާ ގުޅޭ ގޮތުން މިނިސްޓްރީން ދަނީ އެ ފަރާރްތަކާ މަޝްވަރާކުރަމުން ކަމަށް ވުޒާރާއިން ބުންޏެވެ.
ދިވެހިރާއްޖެއަކީ އަބަދުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތުރުވެރިން އަންނަ ގައުމަކަށްވާތީ، ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަމާއި މެހެމާންދާރީގެ އެންމެ މަތީ މިންގަނޑުތައް ދެމެހެއްޓުމުގައި އެ ވުޒާރާ ދެމިއޮންނާނެ ކަމުގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.