ENGLISH

01 މާރިޗު 2026

Advertisement

އެއާޕޯޓަށް ފަތުރުވެރިން ފުރުވުމުގެ ކުރިން ދަތުރުތަކުގެ ވަގުތުތައް ކަށަވަރުކުރަން އިލްތިމާސްކޮށްފި

01 މާރިޗު 2026

|

ޝިފްޒާން އަޙްމަދު

އެއާޕޯޓުގައި ތިބި ފަތުރުވެރިންގެ ހާލަތު ވަޒީރު ތޯރިގު ބައްލަވައިލެއްވުމުގެ ތެރެއިން

މެދުއިރުމަތީގައި ކުރިއަށްދާ ހަމަނުޖެހުންތަކާ ގުޅިގެން ވައިގެ ދަތުރުފަތުރަށް އައިސްފައިވާ ބަދަލުތަކާ ގުޅިގެން ފަތުރުވެރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގެންދިއުމުގެ ކުރިން ދަތުރުތަކަަށް ބަދަލެއް އައިސްފައިވާކަން ކަށަވަރުކުރުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން އިލްތިމާސްކޮށްފިއެވެ. 

އެ ވުޒާރާއިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ މެދުއިރުމަތގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެ ސަރަހައްދުގެ ގިނަ ގައުމުތަކެއްގެ ވައިގެ ސަރަހައްދު ބަންދުކުރުމާ ގުޅިގެން ވައިގެ ދަތުރުފަތުރަށް ބުރާއަރައި ވަރަށް ގިނަ ފުލައިޓުތައް ކެންސަލްވެފައިވާ ކަމށެވެ. 

އެކަމުގެ ސަބަބުން ފަތުރުވެރިންނަށް ކުރިމަތިވެފައިވާ ދަތިތައް ދެނެގަނެ، ރާއްޖޭގައި ތިބި ފަތުރުވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކަމާ ބެހޭ އިދާރާތަކާ ގުޅިގެން އެ ވުޒާރާއިން މަސައްކަަތްތަކެއް ކުރަމުންދާކަމަށްވެސް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ. 

އެ ވުޒާރާއިން އިތުރަށް ބުނީ ފަތުރުވެރިން އެއާޕޯޓަށް ފުރުވުމުގެ ކުރިން އެއާލައިންތަކުގެ ޝެޑިއުލަށް އައިސްފައިވާ ބަދަލުތައް ރަނގަޅަށް ކަށަވަރުކުރުމަށް ހުރިހާ ރިސޯޓުތަކާއި ފަތުރުވެރިންނަށް ހިދުމަތްދޭ އެހެނިހެން މަރުކަޒުތަކަށް އިލްތިމާސްކުރާ ކަމަށެވެ. 

އަދި ދަތުރުތައް ކެންސަލްވުމުގެ ސަބަބުން މަޑުކުރަންޖެހިފައިވާ ފަރާތްތަކުން އެއާލައިންތަކާއި ކަމާގުޅޭ އިދާރާތަކުން ދެމުންދާ އިރުޝާދުތަކަށް ފުރިހަމައަށް ސަމާލުކަން ދެއްވުމަށްވެސް އެ ވުޒާރާއިން އިލްތިމާސްކޮށްފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު