ENGLISH
27 ފެބްރުއަރީ 2026
ފިޔައާއި އަލުވީގެ އަގުތައް އެސްޓީއޯއިން ހެޔޮކޮށްފި
26 ފެބްރުއަރީ 2026
|
އެސްޓީއޯއިން ވިއްކާ ފިޔާ އަދި އަލުވީގެ އަގު ކުޑަ ކުރުން-- ފޮޓޯ: ޕީއެސްއެމް
އެންމެ މަޤްބޫލު
އެސްޓީއޯއިން ވިއްކާ ފިޔައާއި އަލުވީގެ އަގު ވަރަށް ބޮޑަށް ހެޔޮކޮށްފި އެވެ.
އެ ކުންފުނިން އާއްމުކޮށްފައިވާ އަސާސީ ކާބޯތަކެތީގެ އަގު ލިސްޓުގައި ވާ ގޮތުން ފިޔައާއި އަލުވީގެ އަގު ވަނީ ހެޔޮ ކޮށްފަ އެވެ. އެގޮތުން 12ރުފިޔާ އަށް ކުރިން ވިއްކަމުން އައި ފިޔާ ކިލޯ މިހާރު ހުރީ 10 ރުފިޔާ އަށެވެ. އަދި ފިޔާ ބަސްތާގެ އަގު 250 ރުފިޔާ އިން 190 އަށް ހެޔޮކޮށްފައިވެ އެވެ.
އަލުވީގެ އަގަށް ގެނައި ބަދަލާ އެކު، ކުރިން 14 ރުފިޔާއަށް ހުރި އަލުވި ކިލޯ މިހާރު ވިއްކަނީ 12 ރުފިޔާއަށެވެ. އަދި އަލުވި ބަސްތާއެއްގެ އަގު 300 ރުފިޔާ އިން 160 ރުފިޔާއަށް ވަނީ އަގުހެޔޮކޮށްފަ އެވެ.
ރޯދަމަހަކީ ހެދިކާގެ ގިނަ ވައްތަރުތަކެއް ތައްޔާރު ކުރާ މަހަކަށް ވުމުން، ފިޔާ އާއި އަލުވި ކޮންމެ ގެއަކުވެސް ބޭނުންކުރާ މިންވަރު ގިނަ އެވެ. އެހެންކަމުން މި ބަދަލު ގެނެސްފައި މިވަނީ ރޯދަ މަހު އާންމުކޮށް ބޭނުންކުރާ ތަކެތީގެ އަގުތައް ކުޑަކޮށް، ރައްޔިތުންނަށް ލުއި ފަސޭހަކޮށް ދިނުމަށް އެޅި ފިޔަވަޅެއް ގޮތުން ކަމަށް އެސްޓީއޯ އިން ވަނީ ބުނެފަ އެވެ.
އެސްޓީއޯ އިން އަންނަނީ ކާބޯތަކެތީގެ އަސާސީ ބާވަތްތަކުގެ އަގުތައް ކޮންޓްރޯލްކޮށް އެއް ހަމައެއްގައި ބަހައްޓައި، ރައްޔިތުންނަށް ދަތިކަމެއް ނެތި އެ ތަކެތި ލިބޭނެ މަގު ފަހިކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ.
އެސްޓީއޯއިން އެތެރެކުރާ އަސާއީ ކާބޯތަކެތީގެ ބާވަތްތައް އާންމުންނަށް ވަކިން ގަންނަން ލިބޭނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފިހާރަތަކުންނެވެ. އަދި ގަނޑުކޮށް އެ ތަކެތި ބޭނުންވާ ފަރާތްތަކަށް އެސްޓީއޯގެ ހޯލްސޭލް ސެންޓަރުތަކުން އެ ތަކެތި ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.