ENGLISH

24 ފެބްރުއަރީ 2026

Advertisement

ބުރުނާއީގެ ގައުމީ ދުވަހުގެ މުނާސަބަތުގައި އެގައުމުގެ ރަސްގެފާނަށް ރައީސް ތަހުނިޔާ ފޮނުއްވައިފި

23 ފެބްރުއަރީ 2026

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު, އަދި ބުރާނީގެ ރަސްގެފާނު ފޮޓޯ: ރައީސް އޮފީސް

ބުރޫނާއީ ދާރުއްސަލާމުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެ ގައުމުގެ ރަސްގެފާނު ސުލްތާން ޙާޖީ ޙަސަނުލް ބުލްކިއާ މުޢިއްޒުއްދީން ވަދާޢުﷲއަށް ތަހުނިޔާ އަރިސްކުރައްވައިފިއެވެ. 

އިސްލާމީ އުހުއްވަތްތެރިކަމުގެ ގުޅުމުން ރާއްޖެއާ ގުޅިފައިވާ ބުރޫނާއީގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައި ރައީސްވަނީ އެ ގައުމުގެ ރަސްގެފާނުގެ އިތުރަށް، ސަރުކާރާއި އުހުއްވަތްތެރި ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރައްވާފައެވެ. 

އެމަނިކުފާނު ފޮނުއްސި ތަހުނިޔާގެ ސިޓީފުޅުގައި ދެ ގައުމުގެ މެދުގައި އޮތް، އިހުތިރާމާއި ދެގައުމުން ހިއްސާކުރާ ގިޔަމުތަކުގެ މަތީގައި ބިނާވެފައިވާ ޒަމާންވީ ގުޅުމަށް އަލިއަޅުވައިލައްވާފައެވެ. އަދި ރާއްޖެއާއި ބުރުނާއީގެ މެދުގައި އޮތް ދުވަސްވީ ރަހުމަތްތެރިކަން ބަދަހިވަމުންދާކަން ޔަގީންކުރައްވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. 

އޭގެ އިތުރަށް ދެ ގައުމުން ހިއްސާކުރާ މަސްލަހަތުތައް ޝާމިލުވާ ދާއިރާތަކުގައި މިހާރަށްވުރެ ބޮޑަށް ގުޅިގެން އެކީގައި ގާތުން މަސައްކަތްކުރެއްވުމަށް ބޭނުންފުޅުވާކަން އެމަނިކުފާނުގެ ސިޓީފުޅުގައި ހާމަކުރެއްވިއެވެ. އަދި އެފަދަ މަސައްކަތްތައްވާނީ އެކަމުން ދެ ގައުމަށްވެސް މަންފާކުރާނެ ކަންކަމަށް ކަމުގައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

ރައީސްގެ ސިޓީފުޅުގައި ބުރުނާއީގެ ރަސްގެފާނަށް ދުޅަހެޔޮ ސިއްހަތަކަށް އެދިވަޑައިގަތުމާއެކު، އެ ގައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަން ދެމިގެންދިއުމަށް އެދިވަޑައިގެންފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު