ENGLISH

24 ފެބްރުއަރީ 2026

Advertisement

ބާޒާރުގައި އޮރެންޖުގެ އަގު ބޮޑު، އެސްޓީއޯއިން ހެޔޮ އަގުގައި ލިބޭ

23 ފެބްރުއަރީ 2026

|

އަޙުމަދު ޙަމީދު

އެސްޓީއޯ ސްޕަމާޓް --

ބާޒާރުގައި އޮރެންޖުގެ އަގު އުފުލިފައިވީނަމަވެސް އެސްޓީއޯ އިން ހެޔޮ އަގުގައި އޮރެންޖް ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ބާޒާރުގައި އޮރެންޖު މަދުވެ މިއަދު އޮރެންޖް ލިބެން ހުރީ 15 ރުފިޔާއަށް ވުރެ ބޮޑު އަގެއްގަ އެވެ. އެސްޓީއޯ އިން ބުނީ އެ ކުންފުނީގެ ސްޕަމާޓުން ހެޔޮ އަގުގައި އޮރެންޖް ލިބެން ހުންނާނެ ކަމަށެވެ. އެގޮތުން އެސްޓީއޯއިން ދަނީ އޮރެންޖް ކިލޯއެއް 40 ރުފިޔާ އަށް ވިއްކަމުންނެވެ. އެހެން ކަމުން އޮރެންޖެއްގެ އަގު ހަ ރުފިޔާއަށް ބޮޑެއް ނުވާނެ އެވެ.

މީގެ ކުރީން ވެސް ބާޒާރުގައި އޮރެެންޖްގެ އަގު ހުރީ 10 ވަރަކަށް ރުފިޔާއަށެވެ.

އަސާސީ ކާބޯތަކެތީގައި ގޮތުގައި ކަނޑައެޅި 23 ބާވަތް އެސްޓީއޯ އިން އެތެރެކޮށް ހެޔޮއަގުގައި ދަނީ ވިއްކަމުންނެވެ. 

ކެއިންބުއިމަށް ބޭނުންކުރާ އަސާސީ ބާވަތްތައް ހެޔޮ އަގުގައި ރައްޔިތުންނަށް ލިބެން ހުންނާނެ އިންތިޒާމް ހަމަޖެއްސުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން، އަސާސީ ކާބޯތަކެތީގެ ލިސްޓަށް ހަނޑޫ، ހަކުރު އަދި ފުށުގެ އިތުރުން، އިތުރުކުރި 23 ބާވަތް އެސްޓީއޯ ހޯލްސޭލް ސެންޓަރުންނާއި އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ވިއްކަން ފެށީ މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. 

ކިޔުންތެރިންގެ ހިޔާލު