ENGLISH

14 އޭޕްރީލު 2025

Advertisement

ސޫރިޔާގައި އާ ސަރުކާރެއް ޤާއިމުކުރުމުގެ މަޝްވަރާތައް ފަށައިފި

10 ޑިސެމްބަރު 2024

|

އެމް އެމް

ސޫރިޔާގެ ޙަލަބް ސިޓީގައި އަސަދުގެ ފޮޓޯ ޖަހާފައި ހުރި ބިލްބޯޑުތައް އަންދާލާފައި. --

ސޫރިޔާގެ ރައީސް ބައްޝާރް އަލް އަސަދުގެ ދިގުވެރިކަން ކުއްލި ގޮތަކަށް ވެއްޓިފައިވާއިރު، އެ ޤައުމުގައި އާ ސަރުކާރެއް ޤާއިމުކުރުމުގެ މަޝްވަރާތައް، ހަނގުރާމަވެރިންގެ ލީޑަރު އިސްވެ ފަށައިފިއެވެ. 

ބައްޝާރުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ގެ ހަނގުރާމަވެރިން ސޫރިޔާގެ ވެރިރަށް ދިމިޝްޤަށް ވަދެގަތުމާއެކު، ބައްޝާރް ވަނީ ރަޝިޔާއިން ހިމާޔަތް ހޯއްދަވައިގެން، ޤައުމު ދޫކޮށް ވަޑައިގެންފައެވެ. 

ނަމަވެސް، ބައްޝާރަށް ހިމާޔަތްދިން ކަމެއް ރަޝިޔާއިން އަދި ރަސްމީކޮށް ބުނެފައެއް ނުވެއެވެ. 

އެޗްޓީސީގެ ލީޑަރު އަބޫ މުޙައްމަދު އަލް ޖަލާނީ ވަނީ ސޫރިޔާގެ ރައްޔިތުންނަށް މެދުނުކެނޑި "ޚިދުމަތް ފޯރުކޮށްދިނުން ކަށަވަރުކޮށްދީ، ބާރުތައް ބަދަލުކުރުމުގެ މަރުޙަލާތައް ފެށުމަށް" ބޮޑުވަޒީރު މުޙައްމަދު އަލް ޖަލާލީ އާ ބައްދަލުކުރައްވާފައެވެ. 

ސޫރިޔާގެ މުސްތަޤުބަލާ މެދު ސުވާލު އުފެދައި އޮތަސް، އެކި ހިސާބުތަކުގައި އާންމުންގެ ގިނަ ބަޔަކު ދަނީ މަގުތަކަށް ނުކުމެ އުފާ ފާޅުކުރަމުންނެވެ. 

ސީރިއާގެ ދާޚިލީ ހަނގުރާމައަށް 13 އަހަރަށް ފަހު ބައްޝާރު އާއިލާގެ 54 އަހަރުވީ ވެރިކަން ނިމުމަކަށް ގެނެސްފައިވާއިރު ބޮޑުވަޒީރު އަލް ޖަލާލީ ވަނީ، ކޮންމެ ބަޔަކު ވެރިކަމަށް އައި ނަމަވެސް އެ ބަޔަކަށް އެއްބާރުލުން ދެއްވަން ތައްޔާރަށް ހުންނެވިކަން އިޢުލާނުކުރައްވާފައެވެ.

ނަމަވެސް، ސޫރިޔާގެ ވެރިކަން ދެން ފުރެޅޭނެ ގޮތެއް ނޭނގޭ ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ. 

އެޗްޓީސީ އަކީ ޓެރަރިސްޓު ޖަމާޢަތެއްގެ ގޮތުގައި ހުޅަނގުގެ ގިނަ ޤައުމުތަކުން ވަނީ ކަނޑައަޅައިފައެވެ. 

ނަމަވެސް، "އިންސާނީ ހައްޤުތަކާއި ނަސްލީ އަދި ދީނީ މައިނޯރިޓީތަކުގެ ހިމާޔަތުގެ މައްޗަށް ބިނާކޮށް" ސޫރިޔާގެ އާ ލީޑަޝިޕަށް އެއްބާރުލުން ދޭން ތައްޔާރަށް ތިބި ކަމަށް ޖަރުމަނާއި ފްރާންސުން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ. 

އަސަދުގެ ވެރިކަން ވެއްޓުނަސް، އެ މަނިކުފާނުގެ ސަރުކާރުން ހިންގާފައިވާ ޖަރީމާތަކަށް ޖަވާބުދާރީ ކުރުވަންޖެހޭ ކަމަށް އދ.އިން ވެސް ވަނީ ގޮވާލައިފައެވެ. 

ސީރިއާގެ ވެރިކަމުން ބައްޝާރް ދުރުކުރުމަށް 2011 ވަނަ އަހަރު ފެށި މުޒާހަރާތައް ރޫޅާލުމަށް ބާރުގެ ބޭނުންކުރުމާ އެކު އުފެދުނު ދާޚިލީ ހަނގުރާމައިގެ ސަބަބުން މިހާތަނަށް ބައި މިލިއަނަށް ވުރެ ގިނަ މީހުން ސޫރިޔާގައި ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު