ENGLISH

21 ފެބްރުއަރީ 2026

Advertisement

ކޮންގްރެސްގެ މާފަންނު އުތުރު ދާއިރާގެ ޖަގަހަ ފަސްޓްލޭޑީ ހުޅުވައިދެއްވައިފި

20 ފެބްރުއަރީ 2026

|

އަޙުމަދު ޙަމީދު

މާފަންނު އުތުރު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުން

ކޮންގްރެސްގެ މާފަންނު އުތުރު ދާއިރާގެ ކެމްޕެއިން ޖަގަހަ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ހުޅުވައިދެއްވައިފި އެވެ.

މާފަންނު އުތުރު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުން އޮތީ މިރޭ އޮތް ޚާއްސަ ޙަފްލާއެއްގަ އެވެ. ޖަގަހަ ހުޅުވުމަށް ފަހު އޮތް ޖަލްސާގައި އެ ދާއިރާއަށް ކައުންސިލަށް ވާާދަކުރައްވާ ކެންޑިޑޭޓާއި އަންހެނުންގެ ތަަރައްޤީއަށް މަަސައްކަތް ކުރާ ކޮމެޓީގެ މެންބަރު ކަމަށް ކުރިމަތިލައްވާ ކެންޑިޑޭޓް ވަނީ ޖަގަހަ ހުޅުވައިދެއްވައި ކެމްޕެއިންގައި ބައިވެރިވެވަޑައިގެންދެއްވީތީ ފަސްޓްލޭޑީ އަށް ޝުކުރު އަދާކުރައްވާފަ އެވެ.

މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރާއި އިޤްތިސާދީ ތަަރައްޤީއާ ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވަނީ ކޮންގްރެސްގެ ކެންޑިޑޭޓުންނަށް ވޯޓް ދެއްވުމަށް އެދިވަޑައިގެންފަ އެވެ.

ވާދަވެރީންގެ އެޖެންޑާއެއް އަދި އިޚްލާސްތެރި ނިޔަތެއް ވެސް ނެތް ކަމަށާ ކޮންގްރެސްގެ ކެންޑިޑޭޓުން ނިކުމެ ތިބީ ޙަޤީޤީ ތަސައްވުރަކައިގެން ކަމަށް ވިދާޅުވި އެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރު ޙަޤީޤަތަކަށް ހެދުމަށް އެހީތެރިވެދޭނެ ކައުންސިލްތަކެއް އޮތުމުގެ މުހިންމުކަން ދެ ވަޒީރުން ވެސް ފާހަގަ ކުރެއްވި އެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިޚާބަށް އެންމެ ގިނަ ކެންޑިޑޭޓުން ނެރެނީ ކޮންގްރެސް ޕާޓީންނެވެ. އެ ޕާޓީން ދަނީ މުޅި ރާއްޖޭގައި ޚާއްސަކޮށް ވެރިރަށް, މާލޭގައި ވަަރަށް ފުޅާ ދާއިރާއެއްގައި ކެމްޕެއިން ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު