ENGLISH
21 ފެބްރުއަރީ 2026
އެމްޑީޕީގައި އައު ވިސްނުމެއް ނެތް، ފުރުސަތު ދޭންޖެހޭ ސަބަބެއް ނެތް: މިނިސްޓަރު ސަޢީދު
20 ފެބްރުއަރީ 2026
|
މިރޭގެ ޙަފްލާގައި މިނިސްޓަރު ސަޢީދު ވާހަކަފުޅު ދައްކަވަނީ --
އެންމެ މަޤްބޫލު
އިދިކޮޅު އެމްޑީޕީގައި އައު ވިސްނުމެއް ނެތް ކަމަށާ އިންތިޚާބަކުން އެ ޕާޓީއަށް ފުރުސަތު ދޭންޖެހޭ ސަބަބެއް ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މާފަންނު އުތުރު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރު ސައީދު ވިދާޅުވި ގޮތުގައި އިންތިޚާބެއް ބޯމަތިވެ ރައްޔިތުންނަށް ގޮތް ނިންމަން ފުރުސަތު ލިބިފައިވާ މިދަނޑިވަޅު ޕާޓީތަކަށް ބާރު ލިބުމުން ކަންކަން ކުރި ގޮތް ބަލާ ވިސްނާލަން ޖެހޭ ކަމަށެވެ.
އެމްޑީޕީއަށް ރައްޔިތުން ފުރިހަމަ ބާރު ދިން ކަމަށާ ނަމަވެސް އެބާރު ލިބުމުން ކަންކަން ވީގޮތް ހަނދާން ނެތޭހާ ދުވަސް ނުވާ ކަމަށެވެ. އެމްޑީޕީގެ ފަސް އަހަރުގެ ވެރިކަން ނިމިގެންދިޔައިރު ދައުލަތުގެ ރިޒާވް ގައި 15 ދުވަހު ކާބޯތަކެތި ގަންނާނެ ފައިސާ ނެތް ކަމަށް ސަޢީދު ވިދާޅުވި އެވެ. އަދި ޑިމޮކްރެޓިކް ނިޒާމަށް އެ ޕާޓީން އިސްވެ ދިން ގެއްލުން ފެންނަން އެހުރީ ކަމުގައި ވިދާޅުވި އެވެ.
ލާމަރުކަޒީ ނިޒާމުގެ އިސް ޕާޓީއަކީ އެއީ ކަމަށް ދަޢުވާކުރާއިރު ލާމަރުކަޒީ ނިޒާމު ޗެމްޕިއަން ކުރަން އެ ޕާޓީން ކުރީ ކީއްތޯ މިނިސްޓަރު ސަޢީދު ސުވާލު އުފެއްދެވި އެވެ.
"އެ މީހުންނޭ މި އަންނަނީ ހަމަ. އަދި މިވީ ދެ އަހަރު. ކަންކަން ވީގޮތް ރައްޔިތުންނަށް ސާފު އެހެންނޫންތޯ," މިނިސްޓަރު ސަޢީދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރައީސް މުޢިއްްޒުގެ ވެރިކަމުގެ ދެ އަހަރު ނިމުނުއިރު ދައުލަތުގެ ރިޒާވްގައި 1.1 ބިލިއަން ޑޮލަރު އެބަހުރި ކަމަށެވެ. އަދި ކައުންސިލްތައް ބާރުވެރިކުރުވާ އަންހެނުންގެ ތަަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް ޤާނޫނީ ބާރުވެރިކަން ހޯއްދަވައިދެއްވާފައިވާ ކަމަށް ވިދާޅުވި އެވެ.
ކައުންސިލް މުވައްޒިފުން ހަތަރުވަނަ ކެޓަގަރީން މައްޗަށް ޖައްސަވާ އަންހެނުންގެ ތަަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް ރޯދަ އިނާޔަތް ލިބޭނެ ގޮތް ހަމަޖައްސައިދެއްވީ ރައީސް މުޢިއްޒު ކަމުގައި ވިދާޅުވި އެވެ.