ENGLISH

20 ފެބްރުއަރީ 2026

Advertisement

ޝެއިޚް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ބިނާކުރި މިސްކިތް ހުޅުވައިފި

20 ފެބްރުއަރީ 2026

|

އަޙުމަދު ޙަމީދު

ޝެއިޚް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ބިނާކުރި މިސްކިތް

މިދިޔަ އަހަރުގެ ޖޫން މަހުގެ ނުވަވަނަ ދުވަހު މެލޭޝިއާގައި ކުއްލި ގޮތަކަށް އަވަހާރަވި ދީނީ ޢިލްމުވެރިޔާ ޝައިޚް އިބްރާހީމް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ބިނާކުރި މިސްކިތް ހުޅުވައިފި އެވެ.

މިއީ ދިވެހި ރައްޔިތުންގެ އެހީގައި ބިނާކުރި މިސްކިތެކެވެ. އެ މިސްކިތް ބިނާކުރުމަށް ބޭނުންވާ 760،000 ރުފިޔާ ދިވެހީން އެއްކުރީ އެންމެ 24 ގަޑިއިރުވެސް ނުވަނީހެވެ. ޝައިޚް ފަރީދުގެ ހަނދާނުގައި ބިނާކުރާ މިސްކިތުގެ ބިންގާ އެޅީ ޖޫން 28, 2025 ގަ އެވެ. މިސްކިތުގެ މަސައްކަތް ނިންމާ މިއަދު ވަނީ ހުޅުވާފަ އެވެ.

ޝެއިޚް ފަރީދު ހިންގެވި ޚިދުމަތް ޖަމިއްޔާއިން މިހާރު ވަނީ ހުޅުމާލެ ފޭސް ތިނެއްގައި ވެސް ޝެއިޚްގެ ހަނދާނުގައި ބޮޑު މިސްކިތެއް ބިނާކުރުމުގެ މަަސައްކަތް ފަށަން ތައްޔާރުވަމުންނެވެ. އެ ޕްރޮޖެކްޓަށްވެސް މިހާރު ދަނީ ފައިސާ ދަނީ އެއްކުރަމުންނެވެ.

ޝައިޚް ފަރީދަކީ ޚިދުމަތް ޖަމިއްޔާގެ މުސްތަޝާރުގެ އިތުރުން ޝަރީޢާ ބޯޑުގެ ރައީސް އެވެ. 

ޝައިޚް ފަރީދު ކުއްލި ގޮތަކަށް އަވަހާރަވީ މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ އެއާޕޯޓުގައެވެ. އެއާޕޯޓަށް ޝައިޚު ފަރީދު ވެއްޓިވަޑައިގަތުމާއެކު އަވަސް ފަރުވާދީފައިވެއެވެ. އެހެންނަމަވެސް، ކުޑައިރުކޮޅެއްތެރޭ ވަނީ އަވަހަރާވެފައެވެ. 

ޝައިހް ފަރީދު ވަނީ ރާއްޖޭގައި ދީނީ ދަޢުވަތު ފެތުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރައްވާފައެވެ. އެގޮތުން ޝައިޚް ފަރީދު ކުރިއަށް ގެންދެވި ސިލްސިލާ ބޮޑެތި ދަރުސްތަކަކީ އެ ދަރުސްތަކުން ވަރަށް ގިނަ ބަޔަކަށް ހެޔޮ މަންފާ ކުރި، އަދި އާންމުންގެ ވަރަށް ބޮޑު ޝައުޤުވެރިކަމާއި ތަރުޙީބެއް ލިބިގެން ދިޔަ ދަރުސްތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު