ENGLISH
20 ފެބްރުއަރީ 2026
މާލޭން ދިވެއްސަކު ގެއްލިގެން ހޯދަނީ
20 ފެބްރުއަރީ 2026
|
ގެއްލިގެން ހޯދަމުންދާ އިބްރާހީމް އިމްތިޔާޒް ޢަލީ / ފޮޓޯ:ފުލުހުން
އެންމެ މަޤްބޫލު
މާލޭން ދިވެއްސަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
ފުލުހުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ގެއްލިގެން ހޯދަމުން އަންނަނީ ހ.ފެވަރިޓްވިލާ / މާލެ، 30 އަހަރުގެ އިބްރާހިމް އިމްތިޔާޒް އަލީ ކަމަށެވެ.
އިބްރާހީމް އިމްތިޔާޒް ޢަލީ އެންމެ ފަހުން ފެނިފައިވަނީ ފެބްރުއަރީ 13 ވަނަ ދުވަހުގެ މެންދުރު 12:00 އާއި 13:00 އާ ދެމެދުގެ ވަގުތެއްގައި އާއިލާ މެންބަރަކަށް ކަމަށާ ނަމަވެސް އެދުވަހައް ފަހު އޭނަގެ ހަބަރެއް ނުވެ ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓް ކޮއްފައިވެއެވެ. އޭނަ ގެއްލިގެން ރީޕޯޓް ކޮށްފައިވަނީ 17 ވަނަ ދުވަހުގެ ހަވީރު 17:15 އެހައިކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި، މި މައްސަލަ ހުށަހެޅުމާއެކު އޭނާ ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެހެންނަމަވެސް، ކުރެވުނު މަސައްކަތުން މިހާތަނަށް އޭނާގެ އެއްވެސް ޚަބަރެއް ނުވާ ކަމަށެވެ.
އިބްރާހީމް އިމްތިޔާޒް ޢަލީއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ، ހެންވޭރު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9400053 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅައި އެކަން ހިއްސާކޮށް ދިނުމަށް ވަނީ އެދިފަ އެވެ.