ENGLISH
20 ފެބްރުއަރީ 2026
ޖުމްހޫރީ މައިދާން ވަރަށް ރީތިކޮށްލައި ވަގުތީ ގޮތުން އާންމުންނަށް ހުޅުވާލައިފި
20 ފެބްރުއަރީ 2026
|
ޖުމްހޫރީ މައިދާން މަރާމާތު ކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިންމައި ވަގުތީގޮތުން ހުޅުވާލުން --
އެންމެ މަޤްބޫލު
ޖުމްހޫރީ މައިދާން މަރާމާތު ކުރުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިންމާލައި ރޯދައަށް އެ ސަރަޙައްދު ވަގުތީ ގޮތުން މިއަދު ހުޅުވާލައިފި އެވެ.
ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ގެންދަނީ ޖުމްހޫރީ މައިދާން މަރާމާތު ކުރުމުގެ ބޮޑު މަސައްކަތް ކުރަމުންނެވެ.
ޖުމްހޫރީ މައިދާން ސަރަޙައްދަކީ އާއިލާތަކުން ކުޑަކުދީންނާއެކު ހިތްފަސޭހަކޮށްލަންދާ ސަރަޙައްދެކެވެ. އަދި ޤައުމީ އެކި ހަފްލާތަކާއި ރަސްމިއްޔާތުތައް ވެސް ވަރަށް ގިނައިން ބާއްވާ ސަރަޙައްދެކެވެ.
ޖުމްހޫރީ މައިދާން މަރާމާތު ކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިންމައި ވަގުތީގޮތުން ހުޅުވާލުން --
އެ ސަރަޙައްދު ވަރަށް ފުރިހަމައަށް ތަރައްޤީކޮށްފައި ވަނިކޮށް މިދިޔަ ސަރުކާރުން އެކަށީގެންވާ ގޮތެއްގައި ނުބެލެހެއްޓުމުން މުޅި ސަރަޙައްދުގެ ހިތްގައިމުކަން ގެއްލި ހަލާކުވެ ބޮޑު މަރާމާތެއް ކުރަން އޮތީ ޖެހިފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު, ވެރިކަމަށް ވަޑައިގެން ފުރަތަމަ އައި ޢީދަށް އެ ސަރަޙައްދު މަރާމާތުކޮށް ހުޅުވި އެވެ. އެއީ ކުޑަކުދީންނާއި އާއިލާތަކަށް އުފާވެރި މާހައުލެއް ހޯދާ ދިނުމުގެ ގޮތުންނެވެ.
ޖުމްހޫރީ މައިދާން މަރާމާތު ކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިންމައި ވަގުތީގޮތުން ހުޅުވާލުން --
އޭގެ ފަހުން އާރުޑީސީއާ ހަވާލުކޮށް މުޅި އެ ސަރަޙައްދު މަރާމާތު ކުރުމުގެ ބޮޑު މަސައްކަތެއް ވަނީ ފަށާފަ އެވެ. އެ ގޮތުން އެ ސަަރަޙައްދުގައިވާ ފެންއަރުވާ ވަޑާމް މަރާމާތު ކުރުމާއި އިށީންނާނެ ގޮނޑިތަކާއި ބެންޗުތައް ހެދުމާއި މުޅި ސަރަޙައްދު ފެހިކޮށް ރީތިކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އާރުޑީސީން މިއަދު ބުނީ އެ ސަރަޙައްދު މިހާރު ހުޅުވާލާފައިވަނީ ވަގުތީ ގޮތުން ކަމަށެވެ. އެއީ ރޯދަ މަހަކީ ވަރަށް ގިނަ ބަޔަކު ހަވީރުގެ ވަގުތުތަކުގައި ހިތްފަސޭހަކޮށްލަން ގޮސް އުޅޭ ސަރަޙައްދަކަށްވާތީ އެވެ.
ޖުމްހޫރީ މައިދާން މަރާމާތު ކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިންމައި ވަގުތީގޮތުން ހުޅުވާލުން --
ވަގުތީ ގޮތުން ހުޅުވާލިއިރު އެ ސަރަޙައްދު މަރާމާތުކުރުމުގެ ބޮޑު ބައެއް ވަނީ ނިމިފަ އެވެ. ނަމަވެސް އަދިވެސް އެ ސަރަޙައްދު ފެހިކުރުމުގެ މަސައްކަތް ކުރަމުންދާތީ އެކަމަށް ސަމާލުވާން ވަނީ އެދިފަ އެވެ.
ޖުމްހޫރީ މައިދާން ސަރަޙައްދު ވަގުތީ ގޮތުން ހުޅުވާލިއިރު ރީތި މާގަސްތައް އިންދާ އެ ސަރަޙައްދު ވަނީ ޒީނަތްތެރިކޮށްފަ އެވެ. އަދި ކުރީން ހުރި ބުރުތައް މަރާމާތުކޮށް އިށީންދާނެ ރީތި ބެންޗުތައް ވަނީ ހަދާފަ އެވެ.
ޖުމްހޫރީ މައިދާން މަރާމާތު ކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިންމައި ވަގުތީގޮތުން ހުޅުވާލުން --
އަދި ހުޅުވާލުމުގެ ކުރީން މުޅި ސަރަޙައްދު ވަރަށް ރީތިކޮށް ދޮވެ ސާފުކޮށްފައިވެ އެވެ. އެ ސަރަޙައްދުގައިވާ ރުއްތައް ވެސް ވަނީ ސާފުކޮށްފަ އެވެ.
ޖުމްހޫރީ މައިދާން ވަގުތީ ގޮތުން ހުޅުވާލިއިރު މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބް ވަނީ އެ ސަރަޙައްދަށް ވަޑައިގެން މަސައްކަތް ކުރިއަށްދާ ގޮތް މިއަދު ބައްލަވާލައްވާފަ އެވެ.