ENGLISH
20 ފެބްރުއަރީ 2026
ސަރުކާރު ދެމި އޮންނާނީ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ފުރުސަތު ފަހިކޮށް ދިނުމުގައި: ރައީސް
20 ފެބްރުއަރީ 2026
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
އެންމެ މަޤްބޫލު
މި ސަރުކާރު ދެމި އޮންނާނީ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ފުރުސަތު ފަހިކޮށް ދިނުމުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ އިޖްތިމާޢީ އަދާލަތުގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އެމަނިކުފާނުގެ ޕޯސްޓްގައި ވިދާޅުވީ ދިވެހީންނަށް މިއީ ކިހާ މުހިންމު ދުވަހެއްތޯ ވިސްނާލަން ޖެހޭ ކަމަށެވެ. ދިވެހި މުޖްތަމަޢު އޮތީ ބައިނަލްއަޤްވާމީ މުޖްތަމަޢުއާއެކު އެއްބައިވަންތަކަމުގައިކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ މިފަދަ ދުވަހެއް ފާހަގަ ކުރަމުންދާއިރު ދިވެހި ސަރުކާރުގެ އަމާޒަކީ ޖަޒީރާތަކެއްގެ މައްޗަށް އެކުލެވޭ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ހުރިހާ ރައްޔިތުންނަށްވެސް ހަމަހަމަ ފުރުސަތުތަކާއި ރައްޔިތުންގެ ކަރާމާތާއި ރައްކާތެރިކަން އޭގެ އެންމެ ފުރިހަމަ އަދި ހަމަހަމަ ގޮތުގައި ލިބޭނެ ގޮތް ފަހިކޮށްދީ އެކަންކަން ޔަޤީންކޮށް ދިނުން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓްގައި އޯގާތެރިކަމާއި، ހިއްސާކުރާ ޒިންމާއަކީ އާރުކާޓީ ކަމުގައިދެކިގެން، މި މަގުން، ދެމެހެއްޓެނިވި މުސްތަޤުބަލަކާ ދިމާއަށް މިސްރާބުޖެހުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސްކުރެއްވިއެވެ.
ދުވަހާއި ގުޅިގެން އެމަނިކުފާނު ފޮނުއްވެވި މެސެޖުގައި ވިދާޅުވީ އެންމެހައި ފަރާތްތަކުގެ ޙައްޤުތަކާއި ކަރާމާތް ނެގެހެއްޓިފައިވާ، ހަމަހަމަ އަދި ޝާމިލު މުޖުތަމަޢުތައް ބިނާކުރުމުގެ އަޒުމުގެ މަތީގައި ދިވެހިރާއްޖެ ދެމިއޮންނާނޭ ކަމަށެވެ.
އިޖުތިމާއީ އަދާލަތަކީ ހަމައެކަނި އުންމީދެއް ނޫންކަމަށް ވިދާޅުވެ، އިޖުތިމާޢީ އަދާލަތަކީ، ސުލްހަވެރި، ވިލުންތެރި، އަދި ހަމަހަމަ މުޖުތަމަޢުތައް ބައްޓަންކުރާނޭ މަގުދައްކާ އަސާސެއްކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އަދި ޝާމިލުކަން ކަށަވަރުކުރުމަށް މުޖުތަމަޢުތައް ބާރުވެރިކުރުވައި، ތަފާތުތައް ކުޑަކުރުމަށް އާ ޢަޒުމެއްގައި މަސައްކަތްކުރުމަށް، ބައިނަލްއަޤުވާމީ މުޖުތަމަޢަށް އެމަނިކުފާނު ވަނީ ގޮވާލައްވާފަ އެވެ.
އިޖުތިމާޢީ ރައްކާތެރިކަން ހަރުދަނާކުރުމަށާއި، މިންތީގެ ހަމަހަމަކަން ކަށަވަރުކުރުމަށާއި، ޝާމިލުކަމާއެކު ކުރިއެރުން ގެނައުމަށް ބާރުއެޅުމަށާއި، ނާޒުކު ޖަމާޢަތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ މައްޗަށްވެސް، އެމަނިކުފާނުގެ މެސެޖުގައި ވަނީ އަލިއަޅުއްވާލައްވާފަ އެވެ. އަދި ގްލޯބަލް ކޯލިޝަން ފޯ ސޯޝަލް ޖަސްޓިސްގައި ރާއްޖެއިން ބައިވެރިވުމަކީ، އިޖުތިމާޢީ އަދާލަތު ޤާއިމުކުރުމަށް ރާއްޖެއިން ކަނޑައަޅާފައިވާ އަޒުމަށް ލިބޭ އިތުރު ބާރެއްކަމަށާއި، މި ބައިވެރިވުމާއެކު، ޤައުމީ ސިޔާސަތުތަކުގައި ބައިނަލްއަޤުވާމީ މިންގަނޑުތައް އެކުލަވާލެވޭނޭ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން އެމަނިކުފާނު ވަނީ، ޚިދުމަތްތަކަށް ވާސިލުވުމަށްހުރި ފުރުސަތުތައް އިތުރުކުރުމަށް، ޚާއްޞަގޮތެއްގައި ޚާއްޞަ ޚިދުމަތްތައް ބޭނުންވާ ފަރާތްތަކަށް އެ މަގު ފަހިކުރުމަށްޓަކައި، މުޅިން އަލަށް ފައްޓަވާފައިވާ މަސައްކަތްތަކަށްވެސް އިޝާރާތް ކުރައްވާފަ އެވެ. އަދި މި މަސައްކަތްތަކުގެ ސަބަބުން، އުނގެނުމުގައި ދެމިތިބުމުގެ ފުރުސަތު އިތުރުކޮށް، މުޖުތަމަޢު ބައިވެރިކުރުމުގެ ފުރުސަތު އިތުރުކޮށް، އަދާހަމަކުރެވިފައިވާ މިންގަނޑުތަކާއި ގަވާއިދުތަކުގެ އަލީގައި، ހެއްކަށް ބިނާކޮށް ނިންމުންތައް ނިންމުމުގެ ބިންގާ ހަރުދަނާކުރެވިފައިވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ބޯހިޔާވަހިކަމުގެ ޕުރޮގުރާމުތައް ފުޅާކޮށް، ޞިއްޙީ ޚިދުމަތްތައް ތަރައްޤީކޮށް، ހަމަހަމަ އިޤްތިޞާދީ ފުރުސަތުތައް ހޯދައިދީގެން އަބުރުވެރިކަމާއެކު މަސައްކަތްކުރުމަށް އެއްބާރުލުންދިނުމަށް ދޭ އަހުމިއްޔަތުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އެމަނިކުފާނުގެ މެސެޖުގައި، މުޤައްރަރު މުއްސަނދިކޮށް، ލުއިފަސޭހަ ކަމާއެކު ތަޢުލީމު އުގެނުމުގެ އިޚުތިޔާރާއެކު، ތަޢުލީމު އުގުނެމުގެ ފުރުސަތު އިތުރަށް ފުޅާކުރެވިފައިވާކަން ފާހަގަކުރައްވާފައިވެ އެވެ.
އެމަނިކުފާނުގެ މެސެޖު ނިންމަވާލައްވާފައިވަނީ، ތަފާތުތައް އެބަހުރިކަމާއި، ކުރިމަގުގައިވެސް ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭނޭކަން ޤަބޫލުފުޅުކުރައްވާކަމަށް ވިދާޅުވެ، އިޖުތިމާޢީ އަދާލަތަކީ ހަމައެކަނި ވެވޭ ވަޢުދަކަށް ނުހަދައި، އެއީ ދުނިޔޭގެ ޙަޤީޤަތަށް ހެދުމަށް މަސައްކަތްކުރެއްވުމަށް، ހުރިހާ ފަރާތަކަށް ގޮވާލައްވަމުންނެވެ.