ENGLISH
20 ފެބްރުއަރީ 2026
ޓާމިނަލް ދެއަކަށް ޑޮމެސްޓިކް އޮޕަރޭޝަން ބަދަލުވުމަކީ ކުންފުނީގެ ހިދުމަތްތަކުގެ ހަރުދަނާކަމަށް އިތުރުވި ބޮޅެއް: ޝަރީފް
20 ފެބްރުއަރީ 2026
|
އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފް މުޙައްމަދު. ފޮޓޯ؛ އެމްއޭސީއެލް
އެންމެ މަޤްބޫލު
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ ޓަރމިނަލް ދެއަކަށް ޑޮމެސްޓިކް އޮޕަރޭޝަން ބަދަލުވެގެން ދިއުމަކީ ވީއައިއޭ އިން ދޭ ހިދުމަތްތައް ފުޅާކޮށް ހަރުދަނާކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކުރަމުން އަންނަ މަސައްކަތަށް އިތުރުވި އައު ބޮޅެއް ކަމަށް އެ ކުންފުނީގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވެއްޖެ އެވެ.
ޝަރީފް މިފަދައިން ވިދާޅުވީ ވީއައިއޭގެ ޑޮމެސްޓިކް ޓާމިނަލްގެ އޮޕަރޭޝަންތައް ޓަރމިނަލް ދެއަކަށް ރަސްމީކޮށް ބަދަލުކުރުމަށް މިދިޔަ އަންގާރަ ދުވަހުގެ ރޭ ވީއައިއޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ޝަރީފް ވިދާޅުވީ ވީއައިއޭގެ ޑޮމެސްޓިކް ޓާމިނަލްގެ އޮޕަރޭޝަންތައް ޓާމިނަލް ދެއަކަށް ބަދަލުކޮށް ރަސްމީކޮށް ހުޅުވިގެން ދިއުމަކީ ޑޮމެސްޓިކް އޮޕަރޭޝަންގެ މުޅިން އައު ބާބެއްގެ ފެށުން ކަމުގައެވެ.
އަދި އެމްއޭސީއެލްގެ ކޮންމެ މަސައްކަތެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ގާތުން ބައްލަވައި ކަންކަމުގައި އިރުޝާދާއި ލަފާފުޅު ދެއްވާ ކަމަށް ވިދާޅުވެ އެކަމަށްޓަކައި އެމްޑީ ވަނީ ރައީސްއަށް ޝުކުރު ދަންނަވައިފައެވެ.
ޝަރީފު އިތުރަށް ވިދާޅުވީ ވީއައިއޭގެ އިންޓަރނޭޝަނަލް ފަސިންޖަރުންނެކޭ އެއްވަރަށް ޑޮމެސްޓިކް ފަސިންޖަރުންގެ އަދަދު ވެސް ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު ޕީކް ސީޒަންތަކުގައި ކުރީގެ ޑޮމެސްޓިކް ޓަރމިނަލް ވަރަށް ބޮޑަށް ތޮއްޖެހިގެންދާ ކަމަށެވެ. ޓާމިނަލް ދެއަކަށް ޑޮމެސްޓިކް އޮޕަރޭޝަން ބަދަލުވުމާއެކު މިކަންކަމަށް ހައްލު އަންނާނޭކަމަށް ޝަރީފް ވިދާޅުވި އެވެ.
އައު ޓާމިނަލް ދޭއް ގައި ހިމެނޭ ވަސީލަތްތަކަށް ބަލާއިރު، ކުރީގެ ޓާމިނަލްގައި ހުރި އަށް ޗެކް-އިން ކައުންޓަރުގެ ބަދަލުގައި މިހާރު 27 ކައުންޓަރު ހުންނާނެ އެވެ. އަދި ސެކިއުރިޓީ ބެލެހެއްޓުމަށް ތިން މެޝިނާއި، ފުރުމަށް ޚާއްޞަ ހަ ގޭޓު ވަނީ ގާއިމުކޮށްފަ އެވެ. މީގެ އިތުރުން، އަންހެނުންނާއި ފިރިހެނުންނަށް ވަކި ދެ ނަމާދު ކޮޓަރިއާއި، ކުޑަކުދިން ކުޅޭނެ ސަރަހައްދެއްގެ އިތުރުން ކާބޯތަކެތީގެ ހިދުމަތްދޭ ތިން ތަނެއް މި ޓާމިނަލްގައި ހުންނާނެ އެވެ. ދަތުރުވެރިންގެ ފޮށިތައް ނެގުމުގެ ކަންކަމަށްވެސް ބޮޑު ލުޔެއް ލިބިގެންދާނެ އެވެ. އެގޮތުން ކުރީގެ ޓާމިނަލަށްވުރެ ހަތަރު ގުނަ ބޮޑު ދެ ބެގޭޖް ބެލްޓް މިހާރު ވަނީ ޓާމިނަލުގައި ބަހައްޓާފަ އެވެ.