ENGLISH
20 ފެބްރުއަރީ 2026
އާޒިމް އިސްތިއުފާ ދެއްވުމަށްފަހު ޑެޕިއުޓީ މޭޔަރާ ކައުންސިލް ހަވާލުކުރުމަށް އައިފާން ގޮވާލައްވައިފި
20 ފެބްރުއަރީ 2026
|
އެމްއެމްޓީވީގެ "ނިއުޅެމުންދާ ހަބަރު" ޕްރޮގްރާމްއަށް އައިފާން އިންޓަވިއު ދެއްވަނީ. --ފޮޓޯ: އެމްއެމްޓީވީ
އެންމެ މަޤްބޫލު
މާލޭ ސިޓީ ކައުންސިލުގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ އެއްވެސް ކަމެއް ކުރިއަށް ނުދާތީ މާލޭގެ މިހާރުގެ މޭޔަރު އާދަމް އާޒިމް އިސްތިއުފާ ދެއްވުމަށް ފަހު ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝްއާ ކައުންސިލު ހަވާލުކުރުމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހްމަދު އައިފާން ގޮވާލައްވައިފި އެވެ.
ރައީސް މުޢިއްޒު ބައިވެރިވެވަޑައިގެންނެވި މާފަންނު ހުޅަނގު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން "އެމްއެމްޓީވީ" އަށް ދެއްވި ހާއްސަ ބަސްދީގަތުމުގައި މެމްބަރު އައިފާން ވަނީ މާލޭގެ މިހާރުގެ މޭޔަރު އާޒިމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
މާލޭގެ މޭޔަރު ޒިންމާ އަދާކުރާތަން ނުފެންނަކަމަށް ވިދާޅުވެ، މާލޭ ސިޓީ ކައުންސިލުގެ މުޅި އިދާރީ ހިންގުމު ނިޒާމު މިއަދު ވަނީ ވަރަށް ބޮޑަށް ބޮއްސުންލާފައިކަމަށް އައިފާން ވިދާޅުވި އެވެ.
އައިފާން ވިދާޅުވީ މާލޭގެ މުނިސިޕަލް ހިދުމަތްތައް ވެސް އެކަށީގެންވާ މިންވަރަށް ނުބެލެހެއްޓޭކަމަށާއި މި ދަރަޖައަށް މާލެ ވެއްޓިގެން ދިޔައީ މާލޭގެ މޭޔަރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން ކަމަށެވެ.
"އަޅުގަނޑުމެންގެ އެންމެ މާތް ތަންތަނުގެ ގޮތުގައި ދެކޭ އަޅުގަނޑުމެންގެ މިސްކިތްތަކަށް އިހުމާލުވެފައި ހުރި މަންޒަރު ފެނިގެން އެބަދޭ. އެތަންތަނުގައި މަސައްކަތް ކުރާ މީހުން އެ މަސައްކަތްތައް ކުރޭތޯ ނުނީ ނުކުރޭތޯ ބަލަނީކީ ނޫން. އެތަންތަނުގެ މަރާމާތުގެ މަސައްކަތްތައް ކުރަނީކީ ނޫން. ވުޟޫކުރަން ދާ ބޭފުޅުންނަށް ވުޟޫ ނުކުރެވި އެ ތިބެނީ. މިދަރަޖައަށް ސިޓީ ކައުންސިލުގެ ކަންކަން ދުއްވާލީމަ މި ދައްކަނީ އިހުމާލުގެ ވާހަކަ. އަޅުގަނޑު ގަބޫލުކުރަނީ އާޒިމް މިއަދު ޖެހޭނީ އިސްތިއުފާ ދީފައި ޑެޕިއުޓީ މޭޔަރާ ކައުންސިލް ހަވާލުކުރާށޭ." - ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހްމަދު އައިފާން
އާޒިމްގެ އިސްތިއުފާއަށް އައިފާން ގޮވާލެއްވި އިރު މާލޭ ސިޓީ ކައުންސިލުގެ މެންޑޭޓުގެ ތެރޭގައި ހިމެނިގެން ރައްޔިތުންނަށް ހިދުމަތް ދިނުމަށްޓަކައި ކުރަންޖެހޭ ގިނަ ކަންކަން ނުކުރާކަމުގެ ޝަކުވާ ގިނަ ރައްޔިތުން އަންނަނީ ކުރަމުންނެވެ.