ENGLISH
20 ފެބްރުއަރީ 2026
މާލޭ ސިޓީ ހިނގަނީ ޕީއެންސީގެ ކައުންސިލަރުން ކުރާ މަސައްކަތުން: އަރީޝް
20 ފެބްރުއަރީ 2026
|
ކޮންގުރެސް ޕާޓީގެ ފަރާތުން މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރުކަމަށް ވާދަކުރައްވާ މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް، ފޮޓޯ: ޕީއެންސީ
އެންމެ މަޤްބޫލު
މާލެ ސިޓީ ހިނގަނީ މިހާރު މާލޭ ސިޓީ ކައުންސިލުގައި ތިއްބެވި ޕީއެންސީއަށް ނިސްބަތްވާ ކައުންސިލަރުން ކުރާ މަސައްކަތުން ކަމަށް މާލޭގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް ވިދާޅުވެއްޖެ އެވެ.
ކައުންސިލް އިންތިހާބުގައި ޕީއެންސީއަށް ރައްޔިތުންގެ ތާއީދު ހޯދުމަށް ކުރިއަށް ގެންދާ ދޮރުން ދޮރަށް ހަރަކާތުގައި ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން އިއްޔެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ ބައިވެރިވެވަޑައިގެންފަ އެެވެ.
އެ ހަރަކާތުގެ ތެރެއިން "އެމްއެމްޓީވީ"އަށް ދެއްވި ބަސްދީގަތުމެއްގައި ޕީއެންސީގެ ޓިކެޓުގައި މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރުކަމަށް ވާދަކުރައްވާ އަރީޝް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ޕީއެންސީގެ ކައުންސިލަރުން މާލޭގެ މޭޔަރަށް ފުރިހަމަ އެއްބާރުލުން ދެމުން އަންނަ ކަމަށެވެ.
ބަޖެޓު ފާސްކޮށްދީ، ކަންކަން ތަރުތީބުކުރައްވަނީ ޕީއެންސީ ކައުންސިލަރުން ކަމަށާއި މޭޔަރަށް ހަމައެކަނި ޖެހޭނެ ކަމަކީ ކަންކަން ފާސް ކުރައްވާ ކަންކަން ތަންފީޒު ކުރުން ކަމަށް އަރީޝް ވިދާޅުވި އެވެ.
"ތިބޭފުޅުން ކައުންސިލުގެ ވަޓްސްއެޕް ގުރޫޕެއްގައި ކުޑަ ވަގުތުކޮޅެއް ހޭދަކޮށްލެއްވިޔަސް ފެނިގެންދާނެ ކައުންސިލަރުން އެ ބޭފުޅުން ނިސްބަތްވާ ދާއިރާތަކުގެ މައްސަލަތައް ފޮޓޯ ނުވަތަ ވީޑިއޯ ނަގައި އެ ގުރޫޕުތަކުގައި ހިއްސާކުރައްވާ މަންޒަރު. އެމްޑީޕީގެ މީޑިއާ ގްރޫޕަކުން މިކަންކަން ނުދައްކާނެ ރައްޔިތުންނަކަށް. ހަގީގަތަށް ބުނާނަމަ މާލެ ސިޓީ ހިނގަނީ ޕީއެންސީގެ ކައުންސިލަރުން ކުރާ މަސައްކަތުން. މިއީ އެންމެ މީހަކު ކުރާ މަސައްކަތެއް ނޫން. މިއީ ޓީމެއްގެ މަސައްކަތެއް." - މާލޭގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް
އަރީޝް ވިދާޅުވީ މާލޭ ސިޓީގެ މައްސަލަތައް ހައްލުކޮށް މާލެ ތަރައްގީ ކުރަނީ ޕީއެންސީ ކައުންސިލަރުންގެ 99 އިންސައްތައިގެ ހިއްސާއެއް އޮވެގެން ކަމަށެވެ.
އަރީޝް ވިދާޅުވީ ސަރުކާރުގެ މަސައްކަތުން މާފަންނު ހުޅަނގު ދާއިރާގެ މައްސަލަތަކަށް ހައްލު އަންނަން ފަށާފައިވާކަމަށާއި އެ ސަރަހައްދުގެ ތަރައްގީއަށް ކުރެވޭ މަސައްކަތްތައް ވެސް ދަނީ ހަލުއި ސްޕީޑުގައި ކުރިއަށް ކަމަށެވެ.