ENGLISH

20 ފެބްރުއަރީ 2026

Advertisement

ކ، ގުރައިދޫ ރައީސްކަން ވެސް ކޮންގްރެސްއަށް، ވޯޓެއް ނެތި 70 ގޮނޑި

19 ފެބްރުއަރީ 2026

|

އަޙުމަދު ޙަމީދު

ގުރައިދޫ ކަައުންސިލްގެ ރައީސް ކަމަށް އިންތިޚާބުވީ ކެންޑިޑޭޓް --

ކ. ގުރައިދޫ ކައުންސިލްގެ ރައީސްގެ މަޤާމު ކޮންގްރެސް ޕާޓީން ކުރިމަތިލީ ކެންޑިޑޭޓަށް ކަށަވަރު ވެއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ އެކަން އިޢުލާނު ކޮށްފަ އެވެ. އެ ކޮމިޝަނުން ބުނީ އެޕްރީލް ހަތަރެއް ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް މުއްދަތު ހަމަވިއިރު، ކ. ގުރައިދޫ ކައުންސިލްގެ ރައީސްގެ މަޤާމަށް ޝަރުޠު ހަމަވެފައިވަނީ، އިންތިޚާބު ކުރަންޖެހޭ ޢަދަދަށް ކަމަށްވާތީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ 24 ވަނަ މާއްދާގައިވާ ގޮތުގެމަތިން، އެ މަޤާމަށް ކުރިމަތިލީ ކ. ގުރައިދޫ / އޯޝަންރީޑް އިބްރާހީމް ޝަލީޒް އިންތިޚާބުވެފައިވާ ކަމަށެވެ.

އިބްރާހިމް ޝާލީޒް ކުރިމަތިލީ ކޮންގްރެސް ޕާޓީގެ ޓިކެޓްގަ އެވެ. އޭނާ އަކީ މިހާރު ކ. ގުރައިދޫ ކައުންސިލްގެ ނާއިބު ރައީސެވެ. 

އެ ގޮނޑިއަށް އަމިއްލަ ގޮތުންވެސް ކެންޑިޑޭޓަކު ކުރިމަތިލި އެވެ. ނަމަވެސް އޭނާގެ ކެންޑިޑެސީ ކޮމިޝަނުން ބަލައިނުގަތެވެ. އެ މައްސަލަ ސުޕްރީމް ކޯޓަށް ވެސް ހުށައެޅި އެވެ. އެ ކޯޓުން އެ މައްސަލަ ބަލައިނުގަތެވެ. ކޮމިޝަންގެ ނިންމުން ހާމަކުރީ އެ ނިންމުމާ އެކު އެވެ.

މި ގޮނޑި ކަށަވަރު ވުމާއެކު ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ކުރީން 70 ގޮނޑި ކަށަވަރުވީ އެވެ. 

ލޯކަލް ކައުންސިލްތަކުގެ 29 ގޮނޑި އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ 41 ގޮނޑި ކޮންގްރެސް ޕާޓީއަށް ވަނީ ލިބިފަ އެވެ. މީގެ ތެރޭގައި ހއ. ބާރަށު، އއ. ހިމަންދޫ، އދ. ކުނބުރުދޫ، އދ. މަންދޫ އެ އަތޮޅު ދިއްދޫ، ލ، މުންޑޫ ކައުންސިލުގެ ރައީސްގެ ގޮނޑިވެސް ހިމެނެ އެވެ.

ކޮންގްރެސް ޕާޓީއާ ވާދަކުރާ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަށް އިންތިހާބަކާ ނުލައި ލިބުނީ ހަ ގޮނޑި އެވެ.

ކިޔުންތެރިންގެ ހިޔާލު