ENGLISH
19 ފެބްރުއަރީ 2026
ރައީސް، މާފަންނު ހުޅަނގު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތުގައި ބައިވެރިވެވަޑައިގެންފި
19 ފެބްރުއަރީ 2026
|
މާފަންނު ހުޅަނގު ދާއިރާގެ ދޮރުން ދޮރަށް ހަކަރާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވުން. ފޮޓޯ: ޕީއެންސީ
އެންމެ މަޤްބޫލު
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ކެމްޕޭނުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) އިން ކުރިއަށްގެންދާ ދޮރުން ދޮރަށް ހަރަކާތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ.
ކޮންގްރެސް ޕާޓީގެ ފަރާތުން މިއަދު މެންދުރު ފަހުން ދޮރުން ދޮރަށް ހަރަކާތް ކުރިއަށްގެންދިޔައީ މާފަންނު ހުޅަނގު ދާއިރާގައެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މޭޖަރ ޖެނެރަލް ރިޓަޔަރޑް މޫސާ ޢަލީ ޖަލީލް އާއި މާލެ ސަރަޙައްދުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ރައީސްކަމަށް ވާދަކުރާ އާޝިޔަތު އަލައިކާ އަދުނާންގެ އިތުރުން، އެ ދާއިރާގެ މަޤާމްތަކަށް ކުރިމަތިލައްވާ ކެންޑިޑޭޓުން ބައިވެރިވެވަޑައިގެންނެވިއެވެ.
މާފަންނު ހުޅަނގު ދާއިރާގެ ދޮރުން ދޮރަށް ހަކަރާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވުން. ފޮޓޯ: ޕީއެންސީ
ކެންޑިޑޭޓުންގެ އިތުރުން، ދައުލަތުގެ ވަޒީރުންނާއި ޕާޓީގެ ލީޑަރޝިޕްގެ އިސް ބޭފުޅުން ވެސް ވަނީ މި ހަކަރާތުގައި ބައިވެރިވަޑައިގެންފައެވެ.
ދޮރުން ދޮރަށް ހަކަރާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބައެއް ގޭބިސީތަކަށް ވަޑައިގެން އާއިލާތަކާ ބައްދަލުކުރައްވައި މަޝްވަރާތައް ކުރިއަށްގެންދަވައިފައެވެ. އަދި، މަގުމަތިން ވެސް ބައެއް އާއްމު ފަރާތްތަކުން ވަނީ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކޮށްފައެވެ. އެ ހުރިހާ އެންމެންގެ ވާހަކަތައް އަޑުއެއްސެވުމުގައި ރައީސުލްޖުމްހޫރިއްޔާ ގިނަ ވަގުތުތަކެއް ހޭދަކުރައްވާފައިވެއެވެ.
ކޮންގްރެސް ޕާޓީގެ ފަރާތުން ކެމްޕޭނުގެ ހަރަކާތްތައް މުޅި ރާއްޖޭގައި ކުރިއަށްގެންދާއިރު މިހާރު ވެސް ގިނަ ގޮނޑިތަކެއް އެ ޕާޓީއަށް ވަނީ ކަށަވަރުވެފައެވެ. އެގޮތުން ކައުންސިލްތަކުގެ 28 ގޮނޑިއާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ 41 ގޮނޑިއާއެކު، އިންތިޚާބަކާ ނުލައި ޖުމްލަ 69 ގޮނޑިއަށް ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންނަށް ވަނީ ލިބިފައެވެ.