ENGLISH
19 ފެބްރުއަރީ 2026
މަމްނޫން އަބްދުލްޤައްޔޫމްގެ ޖަނާޒާ މިރޭ ތަރާވީޙް ނަމާދަށް ފަހު
19 ފެބްރުއަރީ 2026
|
މަމްނޫން އަބްދުލްޤައްޔޫމް
އެންމެ މަޤްބޫލު
ރޭގެ ވަގުތެއްގައި ކުއްލި ގޮތަކަށް އަވަހާރަވި މަމްނޫން އަބްދުލްޤައްޔޫމްގެ ޖަނާޒާ މިރޭ ތަރާވީޙް ނަމާދަށް ފަހު ބޭއްވުމަށް ނިންމައިފި އެވެ.
މަމްނޫން އަވަހާރަވީ ރޭ ކުއްލި ގޮތަކަށެވެ. މަމްނޫން ގެންދެވީ ސިއްޙީ ބޮޑު މައްސަލައަކަށް ފަރުވާ ހޯއްދަވަމުންނެވެ. މިހާރު ވަރަށް ގިނަ އަހަރުތަކެއް ވެއްޖެ އެވެ.
އާއިލާ އިން މިހާރު ވަނީ މަންނޫންގެ ޖަނާޒާ މިރޭ ތަރާވީޙް ނަމާދަށް ފަހު އާސަހަރާ މިސްކިތުގައި ކުރިއަށް ގެންދަން ނިންމާފަ އެވެ.
މަމްނޫން އަވަހާރަވުމާއި ގުޅިގެން ރައީސް މައުމޫނާއި ރައީސް ޔާމީން ވެސް ރޭ ވަނީ ހޮސްޕިޓަލަށް ވަޑައިގެންފަ އެވެ. މަމްނޫނަކީ ރައީސް މައުމޫންގެ އެއްބަފާ ކޮއްކޯފުޅެވެ. ރައީސް ޔާމީންގެ އެއްބަނޑުއެއްބަފާ ބޭބޭފުޅެވެ.
މަމްނޫނުގެ ބެއްލެވުމުގެ ދަށުގައި އޭނާގެ ގެކޮޅުގައި އަތޮޅުތެރޭގެ ރަށްރަށުގެ ވަރަށް ގިނަ ކުދީން ކިޔަވާން ތިއްބެވި އެވެ. އޭގެ ތެރޭގައި މިހާރު ދައުލަތުގެ ވަރަށް އިސް މަޤާމުތަކުގައި ތިއްބެވި އަދި އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ބޭފުޅުން ހިމެނެ އެވެ. އެ ބޭފުޅުން ފާހަގަ ކުރައްވާ ގޮތުގައި މަމްނޫނަކީ ވަރަށް ހެޔޮ ބޭފުޅެކެވެ. ދުވަހަކުވެސް ނުރުހުންވެ އެއްޗެއް ވިދާޅެއް ނުވެ އެވެ.
އާއިލާ މެންބަރުންނެކޭ އެ ބޭފުޅުންނެކޭ ތަފާތެއް ނުކުރައްވަ އެވެ.