ENGLISH

19 ފެބްރުއަރީ 2026

Advertisement

ކ. ގުޅީގައި 800 ކިލޯވޮޓުގެ އިންޖީނެއް ބަހައްޓައި ޚިދުމަތް ދޭން ފަށައިފި

19 ފެބްރުއަރީ 2026

|

ޢަލީ ޝަހީމް

ސްޓެލްކޯއިން ގުޅީގައި އިންޖީނު ބެހެއްޓުމުގެ މަސައްކަތް ކުރަނީ. އިންޖީނު ބަހައްޓައި މިހާރު ވަނީ ޚިދުމަތް ފަށާފަ. ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯއިން ކ. ގުޅީގައި އިންޖީނެއް ބަހައްޓައި ޚިދުމަތް ދޭން ފަށައިފި އެވެ. 

އެ ކުންފުނިން މިއަދު "އެކްސް" ގައި ކުރި ޕޯސްޓުގައި ބުނީ، ގުޅިގައި އިންޖީނެއް ބަހައްޓައި ޚިދުމަތް ފެށީ މިއަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކަމަށެވެ. 

ގުޅީގައި ސްޓެލްކޯއިން ބެހެއްޓީ 800 ކިލޯވޮޓުގެ އިންޖީނެކެވެ. އެރަށުގައި އެ އިންޖީނު އިންސްޓޯލްކޮށް މިހާރު ޚިދުމަތް ފަށާފައިވާކަމަށް ސްޓެލްކޯގެ ޕޯސްޓުގައި ބުނެފައިވެއެވެ. 

ސްޓެލްކޯއިން ބުނީ ގުޅިގައި އަލަށް އިންސްޓޯލްކުރި އިންޖީނާއެކު، އެރަށުގެ ޕަވަރ ޖެނެރޭޝަން ކެޕޭސިޓީ 1904 ކިލޯވޮޓަށް އިތުރުކުރެވިފައިވާ ކަމަށެވެ. 

ގުޅީގެ ކަރަންޓުގެ ޙާލަތު ރަނގަޅުކޮށްދެއްވާނެކަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރު އެރަށަށް ކުރެވި ދަތުރުފުޅުގައި ވަނީ ވިދާޅުވެފައެވެ. 

ފެށިގެން ހިނގަމުންދާ އައު އަހަރުގައި ކަރަންޓަށް އޮންނަ ޑިމާންޑު އެންމެ ބޮޑުވާ ދުވަސްވަރު ހުއްޓުމެއް ނެތި ހިދުމަތް ފޯރުކޮށްދެވޭކަން ކަށަވަރުކުރުމަށް ސްޓެލްކޯއިން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ރަށްރަށަށް އައު ޖަނަރޭޓަރު ސެޓު ފޮނުވުމުގެ މަސައްކަތް ފެށީ މިދިޔަ ޖަނަވަރީ މަހު އެވެ. 

ކޮންމެ އަހަރަކުވެސް މާޗު މަހުން ފެށިގެން ޖޫން މަހާ ހަމައަށް ރާއްޖޭގައި ހޫނުގަދަވުމުގެ ސަބަބުން ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެއެވެ. އަދި މި ދުވަސްވަރާ ރޯދަމަސް ދިމާވުމުން ކަރަންޓު ބޭނުންކުރާ މިންވަރު އެ މަހު އިތުރުވެ، ކަރަންޓަށް އޮންނަ ޑިމާންޑު ބޮޑުވެއެވެ. 

އެހެންކަމުން، ކަރަންޓު ހިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުން އެ ދުވަސްވަރަށް ތައްޔާރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެއެވެ. އަދި ކަރަންޓު ނުކެނޑި ލިބޭނެކަން ކަށަވަރުކުރުމަށް އައު ޖަނަރޭޓަރުތައް ގެނެސް ރަށްރަށުގެ ކަރަންޓު ވިއުގަ އަދާހަމަކުރެއެވެ. 

ކިޔުންތެރިންގެ ހިޔާލު