ENGLISH

22 ފެބްރުއަރީ 2026

Advertisement

އޮފީސްތަކުގެ ޤުރުއާން މުބާރާތް އަންނަ އާދިއްތަ ދުވަހު ފަށަނީ

18 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

އޮފީސްތަކުގެ ޤުރުއާން މުބާރާތުގެ ތެރެއިން. ފޮޓޯ؛ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

ރަމަޟާން މަހާއި ދިމާކޮށް ކުރިއަށް ގެންދާ އޮފީސްތަކުގެ ޤުރުއާން މުބާރާތް އަންނަ އާދިއްތަ ދުވަހު ފެށުމަށް ތައްޔާރުވެއްޖެއެވެ.

އޮފީސްތަކުގެ ޤުރުއާން މުބާރާތަކީ، އޮފީސްތަކުގެ މުވައްޒަފުންގެ މެދުގައި ކީރިތި ޤުރްއާން ކިޔެވުމަށް ލޯބިޖެއްސުމާއި، ވާދަވެރި މާހައުލެއްގައި ކީރިތި ޤުރުއާން ކިޔެވުމަށް ލޯބިޖެއްސުމަށް ހިތްވަރު ދިނުމުގެ ގޮތުން، 2016 ވަނަ އަހަރުން ފެށިގެން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ކޮންމެ ރަމަޟާން މަހަކު ބާއްވަމުން އަންނަ މުބާރާތެކެވެ.

ވުޒާރާއިން މައުލޫމާތުދޭ ގޮތުގައި މިއަހަރުގެ މުބާރާތުގައި 21 އިދާރާއަކުން 71 ބައިވެރިން ވާދަކުރެއެވެ.

މުބާރާތުގެ ކިޔެވުން ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސަލްމާން ރަސްގެފާނު މިސްކިތުގެ ހޯލުގައެވެ.

މިދިޔަ އަހަރުގެ ރަމަޟާން މަހުން ފެށިގެން މި މުބާރާތް އިންތިޒާމު ކުރަމުން އަންނަނީ ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުންނެވެ.

ކިޔުންތެރިންގެ ހިޔާލު